މޫސުން ގޯސްވެ ކ.އަތޮޅުން ފެށިގެން ދ.އަތޮޅަށް ހުދު ސަމާލު ނެރެފި
ކ.އަތޮޅުން ފެށިގެން ދ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން އެ ސަރަހައްދަށް ހުދު ސަމާލު ނެރުނީ މެންދުރު 15:00 އާ ހަމަޔަށެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާ ކުރެވޭކަމަށް މެޓުން ވަނީ ބުނެފައެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާކަން މެޓުން ވަނީ ފާހަގަ ކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ، މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑު ގަދަ ދުވަސްވަރެއް ކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
Ads by Allied Insurance