ރެސިޕީ

ދެން ރެސިޕީ | ގެރިކިރު ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: ލޮނުމެދު އެމްވީ

ބޭނުންވާ ތަކެތި:

1 ދަޅު ގެރި ކިރު

Ads by WAMCO

4 ބިސް

¾ ޖޯޑު ފުށް

½ 1 ސައިސަމުސާ ބޭކިންގް ޕައުޑަރު

¼ ޖޯޑު އަދި 1 ސައިސަމުސަލުގެ ބަޓަރު (ފްރިޖުން ބޭރުގައި ފިނިކަން ކެނޑެންދެން ބަހައްޓާފައި)

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

1. 180 ޑިގްރީސް ސެލްސިއަސް އަށް އަވަން ހޫނު ކުރަން ޖައްސާށެވެ. 10 ވަރަކަށް މިނެޓު ހޫނު ކުރީމާ ރަނގަޅު ވާނެއެވެ.

2. ބޯކިބާ ފިހަން ބޭނުން ކުރާނެ ތަބަކުގައި ސައިސަމުސަލެއްގެ ބަޓަރު އުނގުޅާލާށެވެ. ފުލުގައާއި އަރިމަތި ތަކުގައެވެ. އަހަރުމެން ބޭނުން ކުރީ ½ 7 އިންޗީގެ ހަތަރެސްކަން ތަބަކެކެވެ.

3. ¼ ޖޯޑު ބަޓަރާއި ބިސް ބޯތަށްޓެއްގައި ރަނގަޅަށް އެއްކުރާށެވެ. ކަރަންޓު މިކްސަރުން ވެސް ނޫނީ އަތުން ހިފާ ކަހަލަ ވިސްކަކުން ވެސް ނޫނީ އުލަކުން ވެސް މިކަން ކުރެވިދާނެއެވެ. ދެން ގެރި ކިރު އަޅާފައި އަނެއްކާވެސް ރަނގަޅަށް އެއްކުރާށެވެ.

4. ދެން ފުށާއި ބޭކިންގް ޕައުޑަރު އަޅާފައި އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކުރާށެވެ.

5. ކުރިން ބަޓަރު އުނގުޅާ ތައްޔާރު ކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާށެވެ. ދެން ހޫނު ކުރަން ޖެއްސި އަވަނަށް ލައިގެން ފިހާނީ އެވެ. ފިހާނީ މައްޗަށް ރަން މުށި ކުލަ އަރާފައި މެދަށް ދަތްކޮށްޓިއެއް ހަރާލާފައި ނަގާއިރު އެ ސާފުކޮށް އޮންނާނެ ވަރަށެވެ. އަހަރުމެންގެ ބޯކިބާ ފިހެވުނީ 40 މިނެޓުންނެވެ. ފުރަތަމަ 20 މިނެޓުގައި ތަބައް ބެއިންދީ ތިރީ ރެކުގައެވެ. އެއީ ދަށް ރަނގަޅަށް ފިހުމަށްޓަކައެވެ. ފަހު 20 މިނެޓުގައި ބޯކިބާ ފިހުނީ މެދު ރެކުގައި ބައިންދައިގެންނެވެ. އަހަރުމެންގެ ބޯކިބާ މިގޮތަށް ފިހެވުނެއް ކަމަކު އެކި އަވަނުން ފިހެވޭ ގޮތް ތަފާތުވުން ވެސް އެކަށީގެންވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!