ޚަބަރު

އެފްއޭއެމް ހައުސް ބިލްޑިންގ ކޮވިޑް ފެސިލިޓީއަކަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފުޓްބޯލް އެސޯސިއޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހައުސް ބިލްޑިންގް ކޮވިޑް-19ގެ ފެސިިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ނިންމައިފިއެވެ.

Ads by STELCO

މިކަން ހާމަކުރައްވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްއޭއެމްގެ ހައުސް ބިލްޑިންގ ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް އެޗްޕީއޭއަށް ދިނުމަށް ނިންމައިފައިވާ ކަމަށެވެ.

ބައްސާމްގެ ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު އެތަނުގެ އިންސްޕެކްޝަނަށް މިއަދު ވަޑައިގެންނެވި ކަމަށެވެ.

މިފަދަ ކަމެއްގައި އެހީތެރިވުމަކީ ފުޓްބޯޅަ އާއިލާއިން އުފާ ކުރާ ކަމެއްގެ ގޮތުގަައި ވެސް ބައްސާމް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިންތިހާއަަށް އިތުރުވެ ކޮވިޑް ފެސިލިޓީތަކާއި އައިސީޔޫތައް ވެސް ދަނީ ފުރެމުންނެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދަކީ 734 އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 540 މީހުންނާއި، އަތޮޅުތަކުން 186 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 7 މީހަކާއި އިންޑަސްޓްރިއަލް އައިލެންޑުން އެކެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!