ޚަބަރު

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހަލުވިކަމާއެކު ރާއްޖޭގައި ވެސް ފެތުރެމުން އަންނަ ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ،

Ads by STELCO

އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އައިޖީއެމްއެޗަށް އެމަޖެންސީއަށް ގެންދެވުނު އުމުރުން ދުވަސްވީ އަންހެނެކެވެ. އޭނާ ނިޔާވިފަހުން ހެދި ޓެސްޓުން ކޮވިޑަށް ފައްސި ވެފައިވާކަން ވަނީ އެނގިފައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މިއީ ފާއިތުވީ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި ހަ ވަނަ މީހާއެވެ. މިއާއެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މި ވަނީ 78 އަށް އަރާފައެވެ.

ފާއިތުވީ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ފުރަތަމަ ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ، އުމުރުން 77 އަހަރުގެ އަންހެނެކެވެ.

ދެވަނައަށް ނިޔާވެފައި ވަނީ ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 88 އަހަރުގެ ފިރިހެނެކެވެ.

އޭގެ ފަހުން މަރުވެފައި ވަނީ އއ، ރަސްދޫގައި ފަރުވާ ހޯދަމުން ދިޔަ އިންޑިއާ ރައްޔިތެކެވެ. ކޮވިޑް ބަލީގައި އިއްޔެ ހަތަރު ވަނައަށް ނިޔާވެފައި ވަނީ އުމުރުން 97 އަހަރުގެ އަންހެނެކެވެ. އޭނާ ވެސް ނިޔާވީ ނައިފަރުގައެވެ.

ހުޅުމާލޭ ހެލްތު ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 80 އަހަރުގެ ފިރިހެނެއް ވެސް ވަނީ ނިޔާވެފައެވެ. އެއީ އިއްޔެ ރިކޯޑު ކުރެވުނު ފަސްވަނަ މަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!