ރެސިޕީ

ދެން ރެސިޕީ | ޗޮކްލެޓް އެކްލަޔާސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

( ފުށްގަނޑަށް )

Ads by WAMCO

125 ގ ފުށް
100 އެމް އެލް ކިރު
100 އެމް އެލް ފެން
2 ސައި ސަމުސާ ހަކުރު
2/1 ސައި ސަމުސާ ލޮނު
80 ގ އަންސޯލްޓެޑް ބަޓަރ
4 ބިސް

( ކުރީމް އަށް )

480 އެމް އެލް ކިރު
2 ސައި ސަމުސާ ވެނީލާ އެސެންސް
4 ބިހުގެ ގޮބޮޅި
70 ގ ހަކުރު
40 ގ ކޯން ފްލަރ
15 ގ .އަންސޯލްޓެޑް ބަޓަރ މަތީގައި ހޭކުމަށް
20 ގ ޗޮކޮލެޓް ކުދިކޮށް ކޮށާފައި ( ޑާރކް )
150 އެމް އެލް ވިޕިންގ ކްރީމް

ތައްޔާރުކުރާނެ ގޮތް:

ބޯތަށްޓަކަށް ބިހުގެ ގޮބޮޅި އާއި ހަކުރު އަޅާފައި ވިސްކަކުން އޮމާން ވަންދެން ގިރާލާށެވެ. ދެން ކޯންފްލަރ ކޮޅު އަޅާފައި އެވެސް ގިރާލާފައި ބަހައްޓާށެވެ.

ދެން ތެއްޔަކަށް ކިރު އަޅާލާފައި އުނދުން މައްޗަށް އުދާާލާށެވެ. ބޮލކި ޖަހާ ކެކުމުގެ ކުރިން އުނދުން މަތިން ބާލާށެވެ . ކިރުގެ 3/1 ބައި ގިރާފައި ހުރި ބިހަށް އަޅާފައި ގިރާލާށެވެ .

ބާކީ ހުރި ކިރު ތެލީގެ ތެރެއަށް އަޅާފައި އަނެއް ފަހަރު އުނދުން މައްޗަށް އުދާލާށެވެ. އޮލަވަން ދެން ދޭ ފަތުން ހަލަމުން ކައްކާށެވެ. އުނދުން މަތިން ބާލާފައި އެސެންސް އެއާ އެއްކޮށްފައި ރަނގަޅަށް ގިރާލާށެވެ . ތަށްޓަކަށް އަޅާފައި 10 މިނިޓް ވަން ދެން ބަހައްޓާށެވެ.

އަނެއްފަހަރު 15 ގ ބަޓަރ އަޅާފައި ރަނގަޅަށް މިކްސް ކޮށްފައި ރެޕް ކޮށްލާށެވެ .ރެޕް ކުރާއިރު ޕްލާސްޓިކް ކަވަރ ކްރީމް ގަނޑު މަތީގައި ތަތް ލަވާ ގޮތައް ރެޕް ކުރާށެވެ. ދެން ފްރިޖްގައި ބަހައްޓާށެވެ.

ދެނެ ފުށްގަނޑު ހެދުމަށް ހުރި ސާމާނުގެ ތެރެއިން ކިރާއި ބަޓަރު ލޮނު އަދި ފެން އަޅާފައި ދޭފަތުން ހަލަމުންދާށެވެ . ކެކިގަތުމުން ބާލާފައި ފުށް އަޅާ ފައި އެއެެްކޮށްފައި އަނެއް ފަހަރު އުނދުން މައްޗަށް އުދާލާށެވެ. ވަރަށް މަޑު ގިނީގައި ރަނގަޅަށް އެއްކޮށްފައި އުނދުން މަތިން ބާލާށެވެ . ކުޑަކޮށް ހިހޫވިމާ ފަހަރަކު ބިހެއް އަޅަމުން ރަނގަޅަށް އެއްކޮށްލާށެވެ .

ދެން ޓްރޭ އެއްގައި ބަޓަރ ކޮޅެއް ހާކާފައި ޕާރޗްމަންޓް ޕޭޕަރ ޓްރޭގައި ފަތުރާލާށެވެ .

ފައިޕިންގ ބޭގަކަށް އަޅާފައި ބޮޑުސްޓާރ ނޮޒުލް އާ ޖަހާލާށެވެ ޓްރޭ އަށް ދޭތެރޭ ދޭތެރެ ދުރުކޮށް އަޅާލާށެވެ . މައްޗަށް އަިއިސިންން ޝުގަރ ކޮޅެއް ބުރުވާލާަާފައި އަވަން އަށް ލާށެވެ 180 ޑިގްރީ ސެލްސިއަސްގައި 40 މިނިޓް ފިހެލާށެވެ.

ފިހެން ލާފައި 10 މިނިޓްވީމާ އަވަންގެ ދޮރު ކުޑަކޮށް ހުޅުވާފައި ލަކުޑި ދޭފަތެއް ދޮރު ދޭތެރެއަށް ލައްވާފައި ބަހައްޓާށެވެ . އެއީ އާވި ހޫނުގަނޑު މަޑު ކޮށްލަން ދެން ބާކީ 30 މިނިޓް ފިހެލާށެވެ. ފިހެވުނީމާ ނަގާށެވެ

އިކްލިއާރޒް ތަކުގެ ދަށް ފުށުގައި ދިގަށް ސްކެވަރ ސްޓިކް އަކުން ( ފިޝްކެބާބް އަމުނާފަލަ އިލޮށި ) 3 ލޯވަޅދިގަށް އަޅާލާށެވެ.

ދެން ފްރިޖްގަ ބެހެއްޓި ކްރީމް ކޮޅު ނަގާފައި ޕައިިޕިންގ ބޭގަކަށް ކްރީމް އަޅާފައި އިކުލިައަރޒް ގެތެރެއަށް 3 ލޯވަޅުން ކްރީމް އަާޅާލާށެވެ

ދެން މަތީ ގައި ހޭކުމަށް ހުރި ކްރީމް ތެއްޔަކަށް އަޅާފައި ކުޑަކޮށް ހޫނު ކޮށް ފައި ( ތާފަނާ ) ބޭލުމަަށް ފަހުޗޮކޮލެޓް ކޮޅު ކޮށާފައި އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކޮންމެ އިކްލައަޒް އެއް ނަގާފައި އިކްލިއަޒް ގެ މަތީ ފަރާތް ޗޮކޮލެޓް ގެ ތެރެއަށް ލާފައި ޗޮކޮލެޓް ހޭކުމަށްފަހު ޓްރޭގައި އަތުރާލާށެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!