ރައީސް ނަޝީދު އައިސީޔޫއަށް
ތިންވަނަ އޮޕަރޭޝަނަށް ފަހު ރައީސް ނަޝީދަށް އައިސީޔޫގައި ފަރުވާދެމުން ދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ރޭ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާގައި އަނިޔާ ލިބިވަޑައިގެން އެމަނިކުފާނަށް އޭޑީކޭގައި ފަރުވާ ދެމުންދާއިރު މިހާތަނަށް 3 އޮޕަރޭޝަނެއް ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހާލު ސީރިއަަސްވެ އައިސީޔޫއަށް ލެވުނީ 3 ވަނަ އޮޕަރޭޝަނަަށް ފަހު ހޭފުޅު ނާރައިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ނަޝީދުގެ އެންމެ ފުރަތަމަ ހެދި ސާޖަރީ އަކީ ބޮލަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާދިނުމަށް ހެދި ސާޖަރީއެކެވެ. ބޮލުގެ ސާޖަރީއަށް ފަހު ރައީސް ނަޝީދަށް އިތުރު ޒަހަމުތަކެއް ލިބިފައިވާކަން ސީޓީ ސްކޭންއިން ފާހަގަ ވުމުން ފުއްޕާމެއާއި ހިތުގެ ސާޖަރީއެއް ވަނީ ހަދައިފައެވެ، އެގޮތުން ފުއްޕާމެއަށް ދެ އެތިކޮޅު ހެރިފައިވާތީ ސާޖަރީކޮށް މިހާރު އެ ގުނަވަނަށް ހެރިފައިވާ ތޫ ނު ދެއެއްޗެއް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެންމެ ފަހުން ކުރެވުނު އޮޕަރޭޝަނަކީ ގޮހޮރުގެ ސާޖަރީއެއް ކަމަށް މައުލޫމާތު ލިބެއެވެ.