ޚަބަރު

ޤައުމު މިއޮތީ ސްޓޭޓް އޮފް އެމަޖެންސީ ގެންނަން ޖެހޭ ހާލަތެއްގައި ކަމަކަށް ޤަބޫލެއް ނުކުރެވޭ: ސީޕީ ހަމީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފުލުހުންގެ ނޫސް ކޮންފެރެންސް ތެރެއިން/ ދެން އިމޭޖްސް: ޢަލިމް ޢަބްދުއްލަތީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް ރޭގެ ވަގުތެއްގައި ދިން ހަމަލާއާ ގުޅިގެން، ޤައުމު އަދި މިއޮތީ ސްޓޭޓް އޮފް އެމަޖެންސީ (އެސްއޯއީ) ގެންނަން ޖެހޭ ހާލަތެއްގައި ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންގެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ މި ހަމަލާއާ ގުޅިގެން ޑިފެންސް ފޯސް އަދި ޕޮލިސް ސާވިސްގެ ވެސް އެލާޓް ސްޓޭޓަސް ވަނީ މަތިކުރެވިފައި ކަމަށެވެ.

"ސްޓޭޓް އޮފް އެމަޖެންސީއެއް ގެނައުމުގެ ހާލަތެއްގައި ރާއްޖެ އޮތްކަމަކަށް އަދި އަޅުގަނޑުމެންނަކަށް ޤަބޫލެއް ނުކުރެވޭ" ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ މިފަދަ އިތުރު ހަމަލާއެއް ރައްޔިތުންނަށް ވެސް ލިބުނަ ނުދިނުމަށް ޓަކައި ރެއިން ފެށިގެން މާލެ ސަރަޙައްދުގައި ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ.

ރޭގެ ހަމަލާއާ ގުޅިގެން އެއްވެސް މައުލޫމާތެއް ދޭން ބޭނުންވާ ފަރާތްތަކުން ފުލުހުންގެ ހޮޓްލައިން ނަންބަރ 9704000 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށާއި އެފަދައިން މައުލޫމާތު ހިއްސާ ކުރައްވާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކުރައްވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!