ޚަބަރު

ގޮއްވައިލެވުނު ސައިކަލުގެ ސާފު މައުލޫމާތު ވަނީ ހޯދިފައި: ފުލުހުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ރޭގައި ދިން ހަމަލާގައި ގޮއްވައިލެވުނު ސައިކަލުގެ ސާފު މައުލޫމާތު ހޯދިފައިވާކަމަށް ފުލުހުން ބުނެފިއެެވެ.

Ads by Sosun Fihaara

އިސްކަންދަރު ކޮށީގައި މިވަގުތު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ރިޔާޒް ވިދާޅުވީ ރޭގެ ހަމަލާގައި ގޮއްވާލެވުނު ސައިކަލުގެ މައުލޫމާތު މިހާރު ދެނެގަނެވިފައިވާކަމަށެވެ.

“ގޮއްވައިލެވުނު ސައިކަލުގެ ސާފު މައުލޫމާތު މިހާރު ވަނީ ހޯދިފަ” ރިޔާޒް ވިދާޅުވިއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް ރިޔާޒް އާންމުކޮށްފައެއް ނުވެއެވެ. ސައިކަލުގެ އިތުރުން ވެސް ބަލަންޖެހޭ ހުރިހާކަމެއްް މިހާރު ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައަކީ މިހާރު ފުލުހުންގެ އެންމެ ކާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ މައްސަލަ ކަމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ސަރަހައްދު ކަމުގައިވާ ނީލޯފަރު ހިނގުމުން އެއްވެސް ބޭފުޅަކަށް ޝައްކުވާފަދަ އެއްވެސް އަމަލެއް ނުވަތަ އެއްވެސް އެއްޗެއް ފެނިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާ ކުރުމަށް ޚާއްސަ ކޮށްފައިވާ ފުލުހުންގެ ހޮޓްލައިން ނަމްބަރު 9704000 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެގޮތަށް ފޯރުކޮށްދޭ މައުލޫމާތުތަކުގެ ސިއްރުވެރިކަން ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ރައްޔިތުންނަށް އަރުވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!