ޚަބަރު

ހާދިސާ ހިނގިތާ 8 މިނެޓް ތެރޭ ރައީސް ނަޝީދަށް ފަރުވާ ދޭން ފެށުނު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ހާދިސާ ހިނގިތާ 8 މިނެޓް ތެރޭ ރައީސް ނަޝީދަށް ފަރުވާ ދޭން ފެށުނުކަމަށް ޗީޕް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމާލް ވިދާޅުވީ، ހަމަލާ ދެވުނުތާ 8 މިނެޓް ތެރޭ ފަރުވާ ދޭން ފެށުނު ކަމަށާއި އެސްޕީޖީ ޓީމުން އެވަގުތު މަސައްކަތް ކުރި ގޮތާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"ހާދިސާ ހިނގީ 20:27 ގައި ، 20:35 ވީއިރު ރައީސް ނަޝީދު އޭޑީކޭގެ އެމެޖެންސީ ރޫމަށް ގެންދަވާ ފަރުވާދެއްވަން ވަނީ ފަށާފައި" ޗީފް ޝަމާލް ވިދާޅުވިއެވެ.

މި ހާދިސާގައި ސިފައިންނަށް އެކި ވަރުގެ ޒަހަމް ލިބުނު ނަމަވެސް އެބޭފުޅުން ކުރެއްވި ހިތްވަރާއި، އަމިއްލަ ފުރާނަޔަށް ވިސްނުމެއް ނެތި ޤައުމުގެ ވެރިއެއް ސަލާމަތްކުރުމަށް ކުރެއްވި މަސައްކަތަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވެސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!