އިތުރު ބޮމެއް އޮތް ކަމުގެ މައުލޫމާތު ލިބުނު: އެމްއެންޑީއެފް

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ގޮއްވާލި ބޮމުގެ އިތުރުން ، އިތުރު ބޮމެއް މާލޭގެ އެހެން ސަރަޙައްދެއްގައި އޮތް ކަމުގެ މައުލޫމާތު ލިބުނު ކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވެއްޖެއެވެ.
ޤައުމީ ދިފާއީ ބާރުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީޕް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އިތުރު ޑިވައިސްއެއް އެ ސަރަހައްދުގައި އޮތް ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެކަމަކު، ފަހުން ބެލިއިރު އެއީ އަސްލެއް ނެތް ވާހަކައެއް ކަމަށެވެ.
"ގައުމީ ދިފާއީ ބާރުގެ ސްޓޭޓަސް މިހާރު އޮތީ ޓެރަރިޒަމްގެ ހަމަލާތައް އައިސްގެން އުޅޭ ސްޓޭޓަސްގައި. މިހާރު އޮތް ބިރުވެރިކަމުން އަރައިގަތުމަށް ޓަކައި ގައުމީ ދިފާއީ ބާރު އޮތީ ތައްޔާރަށް." ޗީފް ޝަމާލް ވިދާޅުވިއެވެ.
މީގެ އިތުރުން ޗީފް ވިދާޅުވީ ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ގޯޅީގައި ހުންނަ ސައިކަލްތައް ނަަގައި ދިނުމަށް ކަމާ ބެހޭ އިދާރާގައި އެދިފައި ވާނެ ކަމަށާއި އެމަނިކުފާނަކީ ހައި ރިސްކު ބޭފުޅެއްކަން އެނގި ތިބެ ފިޔަވަޅުތައް އަޅާ ކަމަށެވެ.