ޚަބަރު

ރައީސް ނަޝީދުގެ ހިތްޕުޅަށް ދަގަނޑު ކޮޅެއް ނުހެރި ހުރީ ސެންޓިމީޓަރެއް: ޑޮކްޓަރުން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މެއި 6 ވަނަ ދުވަހު ދެވުނު ހަމަލާގައި ރައީސް ނަޝީދުގެ ހިތްފުޅަށް ދަގަނޑުކޮޅެއް ނުހެރި ހުރީ ސެންޓިމީޓަރެއްހާ ތަންކޮޅެއް ކަމަށް އެމަނިކުފާނަށް ފަރުވާ ދެއްވި ޑޮކްޓަރުން ހާމަ ކޮށްފިއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވީ، ބޮމާއެކު ބުރައިގެން ދިޔަ ރޭޒާ ކޮޅުތައް ޖެހިފައި ވަނީ ރައީސް ނަޝީދުގެ މޭކަށިގަނޑުގެ ހަތަރު ވަނަ ކަށިގަނޑުގައި ކަމަށެވެ. އަދި އެއަށް ވުރެ އެންމެ ތަންކޮޅެއް ތިިރިއަށް އެ ރޭޒާ ކޮޅު ދިޔަ ނަމަވެސް އެމަނިކުފާނުގެ ހިތްޕުޅަށް އޭގެ އަސަރުކުރާނެ ކަމަށް ވެސް ޑޮކްޓަރުން ހާމަކުރެއްވިއެވެ.

އޭޑީކޭގެ ޑޮކްޓަރުންގެ ޓީމެއްގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނިޝާން ވިދާޅުވީ ރައީސް ނަޝީދު ހަށިކޮޅުގެ ބޭރުފުށުން އަނިޔާތަކެއް ލިބިފައިވާއިރު، ހަށިގަނޑުގެ އެތެރެއަށް ވެސް ދަގަނޑު އެތިކޮޅުތަކެއް ވަދެފައިވާ ކަމަށެވެ.

ޑޮކްޓަރުންގެ ޓީމުން އިތުރަށް ވިދާޅުވީ، ރައީސް ނަޝީދު ހޮސްޕިޓަލަށް ގެނައި އިރު ހަށިކޮޅުން ވަރަށް ގަދަޔަށް ލޭ އައި ކަމަށާއި ދިން ހަމަލާއާ ގުޅިގެން ދަގަނޑުކޮޅެއް ފުއްޕާމޭ ފޫ އަޅައިފައި ދިޔަ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!