ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެމީހުންގެ ވަނަވަރު އާންމު ކޮށްފި
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެމީހުންގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.
ފުލުހުން މިއަދު ހައްޔަރު ކޮށްފައި ވަނީ މއ.ފޭރުގޭ މުޖާޒު އަޙުމަދުގެ އިތުރުން ގއ.ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދެވެ.
ފުލުހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވީ މި ދެ މީހުންނަކީ ކުށުގެ ރިކޯޑް އޮތް މީހުން ކަމަށެވެ.
މި މީހުންނާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ. މި ދެމީހުންގެ އިތުރުން މި ހަމަލާ ދިނުމުގައި ޝާމިލުވާ އިތުރު މިހުން ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ހާދިސާ ހިނގި ވަގުތުގެ ވީޑިއޯ ވެސް އާންމުކޮށްފައެވެ.