ރެސިޕީ

ދެން ރެސިޕީ | ވައިޓް ސޯސް ޕާސްތާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ވައިޓް ސޯސް ޕާސްތާ އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ވަރަށް މީރު އަދި އެހާމެ ފަސޭހައިން ތައްޔާރުކޮށްލެވޭ ކެއުމެކެވެ.

Ads by Sosun Fihaara

ބޭނުންވާ ތަކެތި:

  • 1 ޕެކެޓު ޕާސްތާ
  • 1 މޭޒުމަތީ ސަމުސާ ފުށް
  • 1 ޖޯޑު ކިރު
  • 5 މޭޒުމަތީ ސަމުސާ ޗީޒް (ގާނާފައި)
  • 1 މޭޒުމަތީ ސަމުސާ ގާލިކް ޕޭސްޓް
  • 1 މޭޒުމަތީ ސަމުސާ އަސޭމިރުން
  • 250ގ ކުކުޅު
  • 3 ބިސް
  • 1 މޭޒުމަތީ ސަމުސާ ޕާސްލޭ ފަތް
  • 1 މޭޒުމަތީ ސަމުސާ ތައިމް
  • 1 ފިޔާ (ކުދިކޮށް ކޮށާފައި)
  • 1 މޭޒުމަތި ސަމުސާ ބަޓަރު
  • ތެޔޮ ފޮދެއް
  • ލޮނު ކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ފެން ގަނޑުގެ ތެރެއަށް ތެޔޮ ފޮދެއް އެޅުމަށް ފަހު ޕާސްތާ ފެނު ކައްކާށެވެ. ޕާސްތާ ރަނގަޅަށް މަޑުވުމުން ފެން ފޮދު އުކާލުމަށް ފަހު ބަހައްޓާށެވެ.

ބޯތައްޓެއްގައި އެއް ސައިސަމުސާ ތެޔޮ، ލޮނު އަދި އަސޭމިރުސް އެއްކުރުމަށް ފަހު ބަހައްޓާށެވެ.

ކުކުޅު ކޮޅު ކުދިކޮށް ކޮށާލުމަށް ފަހު، އޭގެ ތެރެއަށް ގާލިކް ޕޭސްޓް އަދި ކުރިން އެއްކުރި ލޮނާއި އަސޭމިރުސް އެއްކޮށްލުމަށް ފަހު ތެލުލާށެވެ.

ވައިޓް ސޯސް ތައްޔާރު ކުރުމަށް، ތެއްޔަކަށް ބަޓަރު އަޅައި ފިޔާ ރަތްކުރާށެވެ. ދެން ފެނާއި ފުށް އެއްކޮށް ގިރުމަށް ފަހު ރަތްކުރި ފިޔާގަނޑުގެ ތެރެއަށް އަޅާށެވެ. ޕޭސްޓު ގަނޑު ކުޑަކޮށް ތަތް ވަންދެން ގިރަމުން ގެންދާށެވެ.

އޭގެ ތެރެއަށް ކިރާއި، އަސޭމިރުސް، ޕާސްލޭ، ތައިމް، ދެ ސަމުސާ ޗީޒް، ބިސް (ގިރާފައި) އަދި ލޮނު އެއްކުރުމަށް ފަހު މަޑު ގިނީގައި 10 ވަރަކަށް މިނެޓު ކައްކާލާށެވެ.

ވައިޓް ސޯސް އުނދުން މަތިން ބޭލުމަށްފަހު ޕާސްތާގެ މައްޗަށް އަޅައިލާށެވެ. އަދި އޭގެ މައްޗަށް، ތެލުލި ކުކުޅު ވެސް އަޅާށެވެ. ދެން އޭގެ މައްޗަށް ގާނާފައި ހުރި ޗީޒް އަޅާލާށެވެ. އޭރުން ވައިޓް ސޯސް ޕާސްތާ ތައްޔާރުކޮށް ނިމުނީއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!