ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.

Ads by STELCO

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހޭ ހުރިހާ ދިމާލެއް ފާހަގަކޮށް އެތަނުގެ ސެކިއުރިޓީއަށް ބަދަލުތަކެއް ގެނެސް ސެކިއުރިޓީ މިހާރު ވަރުގަދަ ކޮށްފައިވާނެ ކަމަށެވެ. އެކަމަކު ސެކިއުރިޓީ ވަރުގަދަ ކުރަން އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން އިތުރު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީގެ ކަންކަން، ސިފައިން ބެލެހެއްޓި ނަމަވެސް މަޖިލީހުގެ ޗެމްބަރަށް ސިފައިންނަށް ވަދެވެނީ އެ މަޖިލީހުގެ ރައީސްގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާއިރު ޗެމްބަރުގެ ސެކިއުރިޓީ ބަލަހައްޓަވަނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްއެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަށް އަމާޒުކޮށް ހަމަލާ ދީފައިވާ މި ދަނޑިވަޅުގައި، ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް ވަނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ސަސްޕެންޑް ކޮށްފަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!