ޚަބަރު

އިންނާލި ﷲ ވައިންނާ އިލައިހި ރާޖިޢޫން. ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ އަދަދު 1000އަށްވުރެ މަތި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ އަދަދު މިއަދު އިންތިހާއަށް މަތިވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި ރާއްޖެއިން 1091 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއީ މިހައިތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު ފައްސިވީ ދުވަހެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ މިއަދު ފައްސި ކަމަށް ނަތީޖާ 1،091 ކަމުގައި ދެއްކި ނަމަވެސް، އޭގެ ތެރެއިން 300 މީހުންނަކީ މީގެ 48 ގަޑިއިރު ކުރިން ސާމްޕަލް ނެގި ފަރާތްތަކެއް ކަމަށެވެ. އަދި މިއަދު މުޅި ޖުމްލަ ކޮވިޑަށް ފައްސި ވެފައިވަނީ 791 މީހުން ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއަދު ނަތީޖާ ލިބި، ފައްސިވީ 1091 މީހުންގެ ތެރެއިން މާލެ ސަރަޙައްދުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 933 މީހުންނެވެ. އަދި އަތޮޅުތެރެއިން 147 މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ. މީގެއިތުރުން ހިންގަމުން އަންނަ ރިސޯޓުތަކުން ހަ މީހަކު ފައްސިވެފައި ކަމަށާއި ކަނޑު އުޅަނދުފަހަރުން 3 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްތަކުން ވެސް ދެ މީހަކު ފައްސިވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 35،815 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 26،299 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 84 މީހުން ނިޔާވެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 250 މީހުންނެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ހާލަތު ވަނީ ދަށަށް ގޮސްފައެވެ. އަދި ފައްސިވާ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކުގެ ތެރޭގައި މި މަހުގެ 5 އިން 15 ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް މަސައްކަތްތައް ނިންމުމަށް ބަދަލު ކުރުމާއި، ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމުގެ އިތުރުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ދިން ލުއި މި މުއްދަތުގެ ތެރޭގައި މެދުކަނޑާލުން އަދި މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އަޅައިގެން ނަމާދު ކުރުން ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!