Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުޅުދުއްފުށީގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި އެމްއެންޑީއެފް މީހަކު , ރައްޔިތުން ނުކުމެ ފުލުހުންނާ ހަވާލު ކޮށްފި

ކުޅުދުއްފުށީގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި އެމްއެންޑީއެފް މީހަކު , ރައްޔިތުން ނުކުމެ ފުލުހުންނާ ހަވާލު ކޮށްފި

ކުޅުދުއްފުށީގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ އެމްއެންޑީއެފް މީހަކު ރައްޔިތުން ނުކުމެ ފުލުހުންނާ ކޮށްފިއެވެ.

”ދެން”އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލް މެންބަރު މުހައްމަދު ފަވާޒް ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާ ކަމަށެވެ. އަދި އޭނާ ޖިންސީ ގޯނާ ކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުއްޖަކަށް ކަމަށާއި ނަމަވެސް އުމުރު ޔަގީން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށުން “ދެން”އާ ވާހަކަ ދެއްކި ރައްޔިތަކު ބުނީ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އެމްއެންޑީއެފްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

ރައްޔިތުން ވެގެން އެމީހާ ފުލުހުންނާ ހަވާލު ކުރާ ވީޑިއޯތަކެއް މީސްމީޑިއާގައި މިހާރު އެބަ ދައުރުވެއެެވެ. އެވީޑިއޯތަކުގައި ފެންނަ ގޮތުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސަރަހައްދަށް އެެއްވެފައެވެ. އަދި ފުލުހުން ވަނީ ވެހިކަލަށް އަރުވައިގެން އެމީހަކު ގެންގޮސްފައެވެ.

މިފަދަ މައްސަލަތައް މިފަހަކަށް އައިސް ރާއްޖޭގައި އަންނަނީ ގިނަވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް