ޚަބަރު

ޚިޔާނާތުގެ ލިސްޓު ލިބުމާ އެކު އަލީ އާޒިމް 241 ކޮމިޓީއިން "ގެއްލިއްޖެ"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލަތައް ބަލަމުންދާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިސްތިއުފާ ދެއްވައިފިއެވެ.

Ads by STELCO

އެ ޚިޔާނާތާ ގުޅޭ މައްސަލަ ބަލާ ކޮމިޓީއަށް، އެމްއެމްއާރްސީ ޚިޔާނާތުގައި ބައިވެރިވީ މީހުންގެ ލިސްޓު ލިބިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މެމްބަރު އަލީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، 241 ކޮމިޓީއާ ގުޅިވަޑައިގަންނަވާނެކަން މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އަލީ އާޒިމްގެ ބަދަލުގައި އެ ކޮމިޓީގައި ދެން އިންނަވާނީ އީވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އެ ކޮމިޓީން އަލީ އާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، ނައިބު މުގައްރިރުގެ ގޮތުގައި މިހާރު ހޮވިވަޑައިގެންފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުއެވެ. ހަސަން ލަތީފު އެ މަގާމަށް ހޮވިވަޑައިގެންފައި ވަނީ ކޮމިޓީގައި ބައިވެރިވި 13 މެމްބަރުންގެ ވޯޓާ އެކުއެވެ.

Ads by Allied Insurance
  1. ޖާނޭ

    ކޮމިޓީން ދުރުވީމާ ވައްކަން ނުކުރާ ކަމަށްވާނެތަ؟ ހަމަހެގައި ހުރި މީހެއްވިއްޔާ އެނގޭނެ. ކުރި ވައްކަން ނުކުރާ ކަމަކަށް ނުވާނެ ކަން. ކަނލާގެއަށް އޮޅުވައެއް ނުލެވޭނެ.