ޚަބަރު

ކޮމިޓީން އިސްތިއުފާއެއް ނުދެން، މި ވަގުތަށް ދުރަށް ޖެހިލީ: އަލީ އާޒިމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ސަލާމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން އިސްތިއުފާ ނުދެއްވާ ކަމަށާއި ވަގުތީ ގޮތުން ކޮމިޓީގެ މަސައްކަތްތަކާ ދުރަށް ޖެހިވަޑައިގަތީ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީގެ ތެރެއިން ނަގައިފައިވާ ޖޮއިންޓް ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ 241 ކޮމިޓީން އާޒިމް އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އެހެންވެ އޭނާގެ ބަދަލުގައި އެ ކޮމިޓީގެ މެންބަރު ކަމަށް މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހަމަޖައްސާފައިވާ ކަމަށެވެ.

ނަމަވެސް އޮންލައިން ނޫސް "އަވަސް" އަށް މައުލޫމާތު ދެއްވަމުން އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލުކުރަނީ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން އޭނާ ސޮއި ކުރައްވާ ސިޓީއެއް ފޮނުވުމުން ކަމަށެވެ. އެގޮތުން 241 ކޮމިޓީއަށް އޭނާގެ ބަދަލުގައި މި ވަގުތަށް ، ވަގުތީ ގޮތުން އީވާ ހަމަޖައްސާފައިވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެގޮތަށް އަމަލުކުރެއްވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ހިޔާނާތުގެ ލިސްޓް މަޖިލީހަށް ދެވަނަ ފަހަރަށް ފޮނުވިއިރު ފަހުން ލިބުނު ލިސްޓްގައި އޭނާގެ ނަން އޮތުމުން ކަމަށް ވެސް އަލީ އާޒިމް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!