ރިޕޯޓް ދުނިޔެ

ފަލަސްތީން އިތުރަށް ނިކަމެތި ކުރުން: އެމީހުންގެ އަމިއްލަ ވަޒަނުން ނެރުމުގެ ބާރެއް އިޒްރޭލަކަށް ނޯންނާނެ!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ބަޑިއާއި ލަޓިބުރި ހިފައިގެން އެ އަންނަ އިސްރާއީލްގެ އިންސާނިއްޔަތު ކަމެއް ނެތް ސިފައިންނާ އެ ކުރިމަތި ލަނީ ހަތިޔާރު ނެތް ފަލަސްތީނުގެ އާންމު ރައްޔިތުންނެވެ. އެމީހުންގެ ކުށަކީ ހަމައެކަނި އަމިއްލަ ވަޒަނުގައި ދިރިއުޅުމެވެ. ﷲގެ ހަޟްރަތަށް ސަޖިދައަށް ތިރިވެ އޮއްވާ ބައެއް މީހުންނަށް އިސްރާއީލްގެ ސިފައިން ހަމަލާދޭއިރު، އަނެއްބައި ފަހަރު ހަމަލާ ދެނީ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ދަށުން ހަމަހިމޭން ހަޅުތާލުތަކުގައި ތިއްބައެވެ.

Ads by STELCO
Ads by Sosun Fihaara

މައްސަލަ ގޯސްވުމުގެ ފެށުން - ނަސްލު ނައްތާލަން ކުރާ މަސައްކަތާ ދެކޮޅު ހެދުން

ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީ އިސްރާއީލުގެ ވަޒަންވެރިން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް އޮވެއެވެ. އެއީ ފަލަސްތީން ދުނިޔޭގެ ބިމުން ފޮހެލުމެވެ. ދާދިފަހުން އިސްރާއީލުން ވަނީ ނަސްލެއް ނައްތާލުމަށް އެ ޤައުމުން ކުރާ މަސައްކަތަށް އިތުރު ބޮޅެއް އިތުރުކޮށްފައެވެ. އެއީ އިރުމަތީ ޤުދުސްގައި އޮންނަ ޝައިޚު ޖައްރާޙު އަވަށުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުން ބޭރުކޮށް، ޔަހޫދީ ވަޒަންވެރިން އެއަވަށުގައި ވަޒަންވެރި ކުރުމަށް ކުރަމުންދާ މަސައްކަތެވެ.

ފަލަސްތީނާއި އިސްރާއީލާ ދެމެދު ފުރަތަމަ ބޮޑު ހަމަނުޖެހުމެއް މި ރަމަޟާން މަހު ހިނގާފައިވަނީ ފަލަސްތީނުގެ އަލް-އަޤްޞާ މިސްކިތުގައި މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު ، މުސްލިމުން "ފޮހެލުމާ" ދެކޮޅަށް ކުރި މުޒާހަރާއަށް ފަހުއެވެ. ހުކުރު ނަމާދުގެ ޖަމާޢަތުގައި އެ ދުވަހު 70،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، ނަމާދުގެ ޖަމާޢަތް ނިންމާލުމަށް ފަހު އެތައް ހާސް ބަޔަކު ވަނީ، އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ނުރުހުން ފައުޅުކޮށް އަޑު އުފުލައިފައެވެ. ހަތިޔާރެއް ނެތި، ހުސްއަތާ އަމިއްލަ ހައްްޤު ދިފާޢު ކުރުމަށް ނިކުތް ފަލަސްތީންގެ މުޒާހަރާގެ ބައިވެރިންނަށް އިސްރާއީލުގެ ސިފައިން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކުގައި އެދުވަހު 205 މީހަކު ޒަޚަމްވިއިރު، އޭގެ ތެރެއިން 88 މީހަކަށް އިތުރު ފަރުވާއަށް ވަނީ ހަސްފަތާލަށް ގެންގޮސްފައެވެ. އޭގެ ފަހުން މަސްޖިދުލް އަގްޞާ ހުންނަ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިން ދަނީ ކޮންމެ ދުވަހަކު ފޯރި މަރަމުންނެވެ. އަދި މިސްކިތަށް ނަމާދަށް ދާ ފަރާތްތަކަށް ޖެއްސުން ކުރަމުންނެވެ.

އިސްރާޢީލުގެ ސިފައިން މަސްޖިދުލް އަޤްޞާއަށް ދީފައިވާ ގެއްލުން

އިސްރާޢީލަށް ވެރިވެ ގަތް ދުވަސް ފާހަގަ ކުރުމަށް ގިނަ އަނިޔާތަކެއް

1967 ވަނަ އަހަރު އިސްރާއީލުން ޤުދުސް އަޅުވެތިކުރިތާ 54 އަހަރު ފުރުނު ،  މެއި 10 ވަނަ ދުވަހު އިސްރާއީލްގެ އަނިޔާވެރިކަން ވަނީ އިންތިހާއަށް އިތުރުކޮށްފައެވެ. މިގޮތުން މިސްކިތުގައި އަޅުކަން ކުރަން ތިބި މީހުންނަށް އަމާޒުކޮށް ގޭސް ބޮމާއި ގްރެނޭޓް އަދި ރަބަރު ވަޒަން ބޭނުންކޮށްގެން ހަމަލާ ދިނެވެ. އަދި އަންހެނުންނާއި ކުޑަކުދިން ވެސް މިހަމަލާތަކުގެ ޝިކާރައަކަށް ވަނީ ވެފައެވެ. އަދި ހަމައެހެންމެ ނަމާދަށް ތިއްބާ ގައިގައި ކޮޅުފައިން ޖެހުމާއި ކުޑަކުދިންގެ ބޮލުގައި ބަޑި ޖެއްސުން ފަދަ ބިރުވެރި އެތައް ޢަމަލެއް އިޒްރޭލުން ވަނީ ހިންގައިފައެވެ. އިސްތާއީލުގެ ސިފައިން ބުނަމުން ދަނީ ހަމަލާ ދެނީ މަސްޖިދުލް އަޤްޞާއަށް ވަންނަން ޖެހޭ ވަރަށް ވުރެ ގިނަ މީހުން އެއް ފަހަރާ ވަނުމުގެ ސަބަބުން ކަމަށެވެ.

އިސްރާއީލްގެ ސިފައިން ވަނީ މިސްކިތުގައި ހުރި ދީނީ ޢިލްމީ ފޮތްތަކާއި މުޞްޙަފްތައް ވެސް އަންދާފައެވެ.

އިސްރާއީލުގެ އަނިޔާވެރި ސިފައިން އަންހެނަކު ހައްޔަރުކޮށްގެން ގެންދަނީ.. ފޮޓޯ/އޭޕީ

ހަމާސްގެ ރޮކެޓް ހަމަލާތަކާއެކު އިސްރާއީލުން ފަލަސްތީންގެ 20 މީހުން ޝަހީދުކޮށްލި

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަނީ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްޞާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތަށްއް ޖެހުމަށް ގޮވާލައިފައެވެ. އިސްރާއީލުގެ ފައުޖުތައް ފަހަތަށް ޖެހުމަށް މުޙުލަތެއް ދިނުމަށް ފަހު ފަހު ހަމާސްއިން ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. އިސްރާއީލުން ބުނާ ގޮތުގައި ހަމާސުން ވަނީ 150 ރޮކެޓު ފޮނުވާލައިފައެވެ. ނަމަވެސް އިސްރާއީލުގައި ދިރިއުޅޭ އެއްވެސް ޔަހޫދީއަކަށް އެއްވެސް ގެއްލުމެއް ލިބުނުކަމަކަށް ހާމައެއް ނުކުރެއެވެ.

ރޮކެޓް ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނަ ނުދިޔަ ނަމަވެސް އިސްރާއީލުން ވަނީ ރައްދުގައި އިސްރާއީލަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކުގައި މިހާތަނަށް 20 މީހަކު ޝަހީދުވެފައިވާ ކަމަށް ފަަލަސްތީނުގެ ސިއްޙީ އިދާރާއިން ހާމަކުރެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި 9 ކުޑަކުދިން ވެސް ހިމެނެއެވެ.

ދައްކާ ބިރަކަށް ފަލަސްތީނުގެ މުޖާހިދުން ބިރެއް ނުގަނޭ-- ފޮޓޯ/އޭއެފްޕީ

ނަތަންޔާހޫ ބޭނުންވަނީ މުޅި ޤުދުސް - ސުލްހައޭ ކިޔާ ދައްކަނީ ހޮޅި ވާހަކަތަކެއް

އިސްރާޢިލުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދެމުން އަންނަ މިދަނޑިވަޅުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ މިވަނީ އެޤައުމަކީ ސުލްޙައަށް މަސައްކަތް ކުރާ ޤައުމެއް ނޫންކަން އަނެއްކާ ވެސް ޘާބިތުކޮށްދީފައެވެ. މިގޮތުން އިސްރާއީލުގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުން ބޭނުން ވަނީ މުޅި ޤުދުސްކަމަށާއި އެ މަޤްޞަދު ޙާޞިލު ނުވަނީސް ފަހަތަށް ނުޖެހޭނެކަމަށެވެ. އަދި ގުދުސްއަކީ އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި ތަރައްޤީ ކުރުމަށް ބޭނުންވާ ވާހަކަ އަނެއްކާ ވެސް ވަނީ ތަކުރާރުކޮށްފައެވެ.

އިސްރާއީލުގެ ސިފައިންގެ ޝިކާރައަކަށްވި މީހަކަށް ރޭޑްކުރެސެންޓް އިން އެހީވަނީ -- ފޮޓޯ/ރޮއިޓަރސް

ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، ފަލަސްތީނާ ދެކޮޅަށް އިސްރާޢީލުން އަނެއްކާ ވެސް ލާއިންސާނީ ހަމަލާތަކެއް ދެމުން މިދަނީ، އަރަބި ބައެއް ޤައުމުތަކާ އެޤައުމުން ގުޅުން ޤާއިމް ކުރުމުގެ ސަބަބުން އިސްރާޢީލުގައި ނަތަންޔާހޫއަށް އޮންނަ ތާޢީދު ކުޑަ ވުމުގެ ސަބަބުންނެވެ.

1967 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި އިސްރާއީލުން ވަނީ ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށްފައެވެ. ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ އިސްރާއީލުގެ ރައްޔިތުންނަކީ ޤަވާއިދާ ޚިލާފަށް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއް ކަމަށް މުޅި ދުނިޔެއިން ޤަބޫލު ކުރެއެވެ. އިސްރާޢީލަށް ތާޢީދު ކުރާ އުޅެނީ އެމެރިކާ ފަދަ މަދު ޤައުމެކެވެ. އދއިން ވެސް ވަނީ އެސަރަހައްދަކީ ފަލަސްތީންގެ ބައެއް ކަމަށް ބުނެފައެވެ. ނަމަވެސް އިސްރާއީލުން ދަޢުވާ ކުރަމުން ދަނީ އެއީ އިސްރާއީލުގެ ބިމެއްގެ ގޮތުގައެވެ.

  1. ޙަބީބު.

    ާސައޫދީ ލޯމަރާލައިގެންދޯ ނޫނޭވާ ބައެއްތީ