ޚަބަރު

ކުޅުދުއްފުށި އަނެއްކާ ވެސް މޮނީޓަރިންގަށް ލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Kulhudhuffushi
ހދ. ކުޅުދުއްފުށި

އަލާމާތްތައް ފެނިގެން ހދ. ކުޅުދުއްފުށި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވުމުން، އެ ރަށް މޮނީޓަރިންގަށް ލައިފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19 އަށް މީހަކު ފައްސި ވެގެން ކުޅުދުއްފުއްޓަށް މިއަދު އަރައި ފޭބުން މަނާކޮށްފައިވާ އިރު، މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ ރަށުގެ ފްލޫ ކްލިނިކަށް ދެއްކި އެހެން މީހަކު ވެސް ފައްސި ވުމުން ކުޅުދުއްފުށި ވަނީ މޮނީޓަރިންގަށް ލައިފައެވެ. އެ އެންގުން އުވާލީ މީގެ ދެ ދުވަސް ކުރިންނެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން މި ބައްޔަށް 1204 މީހުން ވަނީ ފައްސިވެފައެވެ. އެ އަދަދާއެކު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 37،019 އަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!