ޚަބަރު

މިހާރު މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ ހުރިހާ މެންބަރުން ނަން ޚިޔާނާތުގެ ލިސްޓްގައި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ)އިން ވަގަށް ނެގި 1.3 ބިލިއަން ރުފިޔާގެ ތެރެއިން ބައެއް ފައިސާ ލިބިވަޑައިގަތް މީހުން ކަމަށް ބުނާ ލިސްޓުގައި މިހާރު މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުންގެ ނަންތައް އޮތްކަން ހާމަވެއްޖެއެވެ.

Ads by Hajj Corporation

އެސެޓް ރިކަވަރީ ކޮމިޝަނުން އުފެއްދި މި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން މިއަދު އާންމުކުރިއިރު މި ރިޕޯޓްގައި ބުނާ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި މިހާރު މަޖިލީހުގައި ތިއްބެވި ޕީޕީއެމް އަށް ނިސްބަތްވެ ވަޑައިގެންނަވާ 6 މެންބަރުންގެ ނަން ވެސް އޮތެވެ.

މަޖިލީހުން ޚިޔާނާތުގައި ބައިވެރިވާ ފަރާތްތަކުގެ ލިސްޓެއް އާއްމު ކުރިއިރު، ރޭ ވަނީ އެ ލިސްޓުގައި ހިޔާނާތުގެ ފައިސާ ދީފައިވާ މީހުންނާއި ދިން އަދަދާއި ދިން ގޮތް އަދީބާއި އެ ފައިސާތައް މީހުންނަށް ހަވާލުކުރުމުގައި އުޅުނު މީހުން ކިޔައިދީފައިވާ ގޮތް ހިމެނޭ ލިސްޓެއް ލީކްވެފައެވެ. ތިރީގައި އެވަނީ އެކަމުގެ ތަފްސީލެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) - 26.7 މިލިއަން ރުފިޔާ

އަހުމަދު ސަލީމަށް ލިބިފައިވާ ކަމަށް ތުހުމަތު ކޮށްފައި އޮތީ 26.5 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ކެމްޕެއިނަށް އެއް މިލިއަން ދިން ކަމަށް އަދީބު ބުނެފައިވާ ކަމަށް ލިސްޓްގައިވެއެވެ. އަދި 20 މާޗް 2014 ގައި ދެ މިލިއަން ރުފިޔާ އާއި 150،000 ހާސް ރުފިޔާ ދީފައިވާނެ ކަމަށް މުހައްމަދު ހުސައިން ބުނެފައިވާ ކަމަށްވެއެވެ.

އޭގެ އިތުރުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާއިން ސަލީމުގެ ކުންފުންޏެއް ކަމަށްވާ ރެޑްވޭވް ޕްރައިވެޓް ލިމިޓެޑަށް 23,422,980.00 ދީފައިވާ ކަމަށް ވެސް ލިސްޓުގައި ބުނެފައިވެއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް - 1 މިލިއަން ރުފިޔާ

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ލިބިފައިވާ ކަމަށް ތުހުމަތު ކޮށްފައި ވަނީ އެއް މިލިއަން ރުފިޔާއެވެ. ޝިޔާމްގެ ކެމްޕެއިނަށް 1 މިލިއަން ދިން ކަމަށް އަދީބު ބުނެފައިވާ ކަމަށް މިލިސްޓްގައި ބުނެފައިވެއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު - 1.8 މިލިއަން ރުފިޔާ

ފަރެސްމާތޮޑާ މެންބަރު ހުސެއިން މުހައްމަދު ލަތީފަށް ލިބިފައިވާ ކަމަށް ތުހުމަތު ކޮށްފައި ވަނީ 1.8 މިލިއަން ރުފިޔާއެވެ. މެންބަރު ހުސެއިން މުހައްމަދުގެ ކެމްޕެއިނަށް 1 މިލިއަން ޔާމިން ދިން ކަމަށް އަދީބު ބުނެފައިވާ ކަމަށާއި އަދި 2014 ވަނަ އަހަރާއި 2015 ގައި އެފްއޭއެމް ކައިރިން ޖުމުލަ 8 ލައްކަ ރުފިޔާ ދިންކަމަށް މުހައްމަދު ހުސައިން ބުނެފައިވާ ކަމަށް ލިސްޓުގައިވެއެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ - 1.5 މިލިއަން ރުފިޔާ

ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއަށް 1.5 މިލިއަން ލިބިފައިވާ ކަމަށް ލިސްޓުގައި ތުހުމަތު ކޮށްފައިވެއެވެ. އެއީ ކެމްޕެއިނަށް 1 މިލިއަން ކަމަށާއި 20 މާޗް 2014ގައި 3 ލައްކަ ރުފިޔާ އަދި 2015 ގައި 2 ލައްކަ ރުފިޔާ ދިން ކަމަށްވެސް ލިސްޓުގައި ބުނެފައިވެއެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫން - 2.5 މިލިއަން ރުފިޔާ

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ގައްސާން މައުމޫނަށް އެކި ފަހަރު މަތިން ދެ މިލިއަން ފަސް ލައްކަ ރުފިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެއެވެ.

ރޭ ލީކްވި ލިސްޓްގައި މި ތަފްސީލް އޮތް ނަމަވެސް ރައްޔިތުންގެ މަޖިލީހުން އާންމުކުރި ރިޕޯޓްގައި މި ތަފްސީލެއް ނެތެވެ. އެހެންކަމުން މި ތަފްސީލު އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ. މަޖިލީހުން އާންމުކުރި ރިޕޯޓްގައި ބައެއް މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެހެންކަމުން ްެއެންމެންނަކީ ކުށްވެރިންކަން ނުބެލުމަށް އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. ާައަލީ

    ސަލީމް ނުކޮއްދޭ އެއްކަމެއްވެސް ބ.މާޅޮސް އަކަށް ވަރައް ނުލަފާ މީހެއް ލަދު ކުޑަކަން

    • ހަނާ

      ކަލޭމެންގެ ނަޝީދު ކޮށްދޭތީ ސަލީމު ނުކިށްދެނީ

  2. އެކޮއި

    ޝިޔާމު ނައިފަރަށ ކޮއްދިނީ ކޮންކމެއް ޕާޓޭންކޮޅަށް ލާރި އަޅައިދޭ ކޮންމެ އިންތިހާބަކުވެސް