ޚަބަރު

ޚިޔާނާތުގެ ފައިސާގެ ލޯ ލާރިއެއްގައި ވެސް ޖެހިފައި ނޯންނާނެ: ޢަބްދުއްރަޙީމް

މުޙައްމަދު ސަނީޙް
އަދުރޭ، ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތް، އެމްއެންޕީއާރްސީގެ ޚިޔާނާތުގެ ލިސްޓްގައި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ އަބްދުﷲގެ ނަން ހިމަނާފައި ވަނީ އަބުރު ކަތިލުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ހެދި އެމްއެންޕީއާރސީގެ ޚިޔާނާތުގައި ޝާމިލްވާ އަދި އެކަމުން މަންފާ ލިބުނު މީހުންގެ ލިސްޓާއެކު ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން މިއަދު އާންމުކުރިއިރު ރިޕޯޓްގައި ބުނާ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި އަބްދުއްރަހީމްގެ ނަން އޮތެވެ. އަދި އޭގެ ކުރިން ލީކްވި، ޚިޔާނާތުގެ ބައިވެރިންނަށް ލިބުނު ކަމަށް ބުނާ ފައިސާގެ އަދަދުތައް ހާމަކޮށްފައިވާ ލިސްޓަކުން ދައްކާ ގޮތުގައި އަބްދުއްރަހީމަށް ޚިޔާނާތުގެ ލާރިން، 1.71 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މިކަމާ ގުޅިގެން މިރޭ އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓްގައި އެމަނިކުފާނުގެ ނަން ހިމަނާފައި އޮތީ އަބުރު ކަތިލުމުގެ ބޭނުމުގައި ކަމަށާއި އަދި ޚިޔާނާތުގެ ލޯ ލާރިއެއްގައިވެސް ޖެހިފައި ނޯންނާނެ ކަމަށެވެ. އަދި ލިސްޓްތަކުގައި ނަން ޖެހިޔަސް ފަހަތަށް ނުޖެހޭނެ ކަމަށާއި ޖަވާބު ދާރީވާން ތައްޔާރަށް ހުންނެވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ އިތުރުން އިތުރުން އިދިކޮޅު ޕީޕީއެމްގެ ނައީބް ރައީސް އަހްމަދު ޝިޔާމް އާއި ޕީއެންސީގެ ނައީބް ރައީސް މުހައްމަދު ސައީދު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު، ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫންގެ އިތުރުން ޕީޕީއެމް ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމްގެ ނަން ވެސް ހިޔާނާތުގެ ލިސްޓުގައި ހިމެނެއެވެ. އަދި އެމްޑީޕީގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން ވެސް މި ލިސްޓްގައި ހިމެނެއެވެ.

  1. ބޭބެ

    ލަށްބަ ހިސާބު އަދުރޭތިބުނުއްވީ ރަނގަޅަށް
    ތިބޭފުޅާޖެހުނީ ލޯލާރިަކުނޫން .ތިބޭފުޅާ ބަނޑުއެޅީ
    އެތަށްމިލިއަން $އަދި ރުފިޔާހެހެހެ

  2. ޢަލީ ބޯއީ

    ަްއަނބިކަބަލުންނަށް އެޕާޓްމަންޓެއް، ދަރިފުޅަށް އަދި އަދުރޭއަށް ރެހެންދި ފުލެޓުން 9 މިލިއަން ރުފިޔާއަށް ގަތީ ޓިނުވިއްކައިގެންތޯ؟ މަޖިލިސް މުސާރަ ފަސްއަހަރަށް 5 މިލިޔަން..ގެއަށްވެސް އަމިއްލަ ހަރަދެއް ނުކޮއް އެއްކުރިޔަސް 9 ހަމަނުވޭ..

  3. ލޯލާރި

    ތެދެއް.. މިހާރު ލޯލާރި އެއްނޫނޭ ލިބެނީ… ޓްރާންސްފަރ އޮންލީ…

  4. ޙުސާމު

    ލައްބަ. މިހާރު ޖެހެންހުންނަނީ އެހެންވައްތަރެއް. ލިސްޓްގަ އޮތް އަދަދު 100 އާއިގުނަކުރައްވާ. އެއީ އެގޮލާ ނެގި އަދަދު