ޚަބަރު

ފައިސާގެ ނޫޓް ކުރެއްސެވި ސަރުދާރު ދޮންބެ ނިޔާވެއްޖެ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ދިވެހި ފައިސާގެ ނޫޓްތައް ކުރެއްސެވި ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައި ވަނީ އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށެވެ.

މިދިޔަ އަހަރު މެއި މަހު، ސަރުދާރު ދޮންބެ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ދެ މަސްފަހުން ކޮވިޑް-19 އިން ޝިފާ ލިބުނުއިރު، ސަރުދާރު ދޮންބެ ފާހަގަ ވެގެން ދިޔައީ ކޮވިޑް-19 އިން ރަނގަޅުވި އެންމެ ދުވަސްވީ މީހުންގެ ތެރޭގައެވެ،

ދައުލަތުގެ ނިޝާން ކުރެއްސެވުމުގައި ވެސް ހިއްސާވެ ވަޑައިގެންނެވި ސަރުދާރު ދޮންބެއަށް، 1996 ވަނަ އަހަރު ކުރެހުމުގެ ރޮނގުން ޢާއްމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ވަނީ ލިބިވަޑައިގެންފައެވެ. އުމުރުން 25 އަހަރުން ފެށިގެން ކުރެހުމުގެ މަސައްކަތް ކުރައްވަން ފެއްޓެވި ސަރުދާރު ދޮންބެއަކީ ކުރެހުމުގެ އިތުރުން އަތްތެރި މަސައްކަތުގައިވެސް ފުންނާބު އުސް ބޭފުޅެކެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC
  1. ފާތުމަތު

    ވަރަށްހެޔޮލަފާ ހިތްހެޔޮ ބޭފުޅެއް. މާތްﷲ މަރުހޫމްގެ ފުރާނަފުޅަށްސުވަރުގޭގެ ދާއިމީނިޢުމަތް ލައްވާ ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި.