Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކާފިއު ވަގުތުތަކުގައި ފުލުހުންނާއެކު ސިފައިންވެސް މަގުތަަކަށް

ކާފިއު ވަގުތުތަކުގައި ފުލުހުންނާއެކު ސިފައިންވެސް މަގުތަަކަށް

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭގައި އަޅައިފައިވާ ފިޔަވަޅުތައް ތަންފީޒް ކުރަން ފުލުހުންނާއެކު ސިފައިންވެސް މަގުތަކަށް ނިކުމެއްޖެއެވެ.

އެމްއެންޑީއެފްއިން ކުރި ޓްވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި އަޅައިފައިވާ ކޮވިޑް-19ގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ފުލުހުންނާ އެކު ސިފައިން ވެސް ހަރަކާތްތެރި ވަމުންދާނެ ކަމަށެވެ. މިވަގުތު މާލޭގެ އެކި ހިސާބުތަކުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ސިފައިން މަގުތަކަށް ނިކުމެފައި މިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅާފައިވާ  ފިޔަވަޅުތައް ތަންފީޒުކުރަން ސަލާމަތީ ބާރުތައް ގުޅިގެން މަސައްކަތް ކުރެއްވުމަށް އިއްޔެ ރައީސް އެންގެވުމާ ގުޅިގެންނެވެ.

Advertisement
Ooredoo — Truecaller (box)

މިއަދުން ފެށިގެން ހަފްތާއަކަށް މާލޭ ސަރަހައްދުގައި ހަވީރު 04:00 ފަތިހު 04:00 ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި މި މުއްދަތައް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް މިވަނީ މެދުކަނޑާލާފައެވެ. މީގެއިތުރުން މާލޭ ސަރަހައްދުގެ ހޮޓާ ރެސްޓޯރަންޓްތަކުގައި މީހުން ވައްދައިގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް