ވިޔަފާރި

ބިދޭސީންނަށް ވެސް އުފާވެރި ޢީދެއް: އުރީދޫއާއި އެމްއެމްޑަބްލިޔުގެ ފަރާތުން "ޢީދު މީލް ޕެކް" ބަހައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުސްލިމުންގެ މި ބަރަކާތްތެރި ފިތުރު ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އާއި މިޝަން ފޯ މައިގްރެންޓް ވޯކާސް (އެމްއެމްޑަބްލިއު) މޯލްޑިވްސް ގުޅިގެން ބިދޭސީންނަށް "ޢީދު މީލް ޕެކް" ބަހައިފިއެވެ.

Ads by STELCO

އެގޮތުން އުރީދޫއިން ބުނިގޮތުގައި އެ ދެ ކުންފުނީގެ ފަރާތުން މިއަދު ވަނީ 100 މީލް ޕެކް، ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ބަހައިފައެވެ. މިއީ ޢީދުގެ އުފަލުގައި ވީހާވެސް ގިނަ ބަޔަކު ޝާމިލު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އިޖުތިމާއީ ދީލަތި އެހީތެރިކަމެކެވެ.

އުރީދޫގެ ފަރާތުން ނިމިދިޔަ ބަރަކާތްތެރި ރަމަޟާން މަހު ވެސް ވަނީ މީލް ޕެކްތަކެއް ބިދޭސީ މަސައްކަތްތެރިން ތަކަކަށް ބަހައިފައެވެ. އެމްއެމްޑަބްލިޔު މޯލްޑިވްސްއާ ގުޅިގެން އުރީދޫގެ ފަރާތުން އެ "އިފްތާރް" ޕެކްތައް ބަހައިފައި ވަނީ ނިމިދިޔަ ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހެއްގައެވެ.

ބިދޭސީ މަސައްކަތްތެރިންނަށް މި މީލް ޕެކްތައް ބެހުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އުރީދޫން ވަނީ ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ އެކި ޖަމިއްޔާތަކާއި ގުޅިގެން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން މުސްލިމު އާބާދީއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!