ޚަބަރު

އަދީބު ކައިރިއަށް ދަބަސް ހިފައިގެން ދިޔައީ ރުފިޔާ ބަލައެއް ނޫން، ދިޔާ އެއްޗެއް ބަލާ: އަލީ އާޒިމް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޯޓޯ: އަދަދު

ޓޫރިޒަމް މިނިސްޓަރު ކަމާއި ރާއްޖޭގެ ނައިބު ރައީސްކަން ކުރެއްވި އަހްމަދު އަދީބު ކައިރަށް ދަބަހެއް ހިފައިގެން ދިޔަ ކަމަށާއި ނަމަވެސް އެ ދަބަހަކީ ފައިސާ ގެންދިއުމަށް ގެންދެވި ދަބަހެއް ނޫން ކަމަށް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓުގައި ނަން ހިމެނިފައިވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު، އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" އިން ގެެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވަނީ އެމްއެމްޕީއާރސީގެ ޚިޔާނާތާ ގުޅޭ ގޮތުން ދެކެވެމުންދާ ބައެއް ވާހަކަތަކަށް ޖަވާބުދާރީވެ ވަޑައިގެންފައެވެ. މިގޮތުން އަދީބު ދަބަހެއް ހިފައިގެން އަންނާށޭ ބުނި ޓެކްސްޓް މެސެޖްގެ ހަޤީޤަތް ވިދާޅުވެ ދެއްވަމުން ވިދާޅުވީ، އަދީބުގެ ވަރަށް ގާތް ބޭފުޅެއް ކަމަށްވާ އަބްދުﷲ ޖަލީލް (ކޭންސޭޓް) އަކީ އޭނާގެ ވެސް ރަހުމަތްތެރިއެއް ކަމަށާއި ދަބަހެއް ހިފައިގެން ދާށޭ ބުނީ ކޭންސޭޓަށް ދޭން އަދީބު ދިން އެއްޗެއް ބަލައި ދިއުމަށް ކަމަށެވެ. އަދި އެ ދަބަހުގައި ހުރީ ކޯއްޗެއްކަން އެނގި ވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް ދަބަހުގައި ހުރީ ދިޔާ އެއްޗެއްކަން އެނގިލައްވާ ކަމަށެވެ.

"އަޅުގަނޑު ކައިރީ އަބްދުﷲ ޖަލީލް ގުޅާލާފަ ބުނީ ގޮސްދީބަލާށޭ އަދީބު ކައިރިއަށް. ދެން އަޅުގަނޑު އަދީބަށް ފޯނުކޮށްލީމަ، ފަހުން ޓެކްސްޓްކޮށްފަ އެ އޮންނަނީ ދަބަހެއް ހިފައިގެން އަންނާށޭ. އަޅުގަނޑު މިހާރު ވެސް މިބުނަނީކީ އެއީ ކީއެއް އެއްވެސް ކަހަލަ ކަރުދާހެއް ނޫން. އެއީ ކޮންމެ ވެސް ކަހަލަ ދިޔާއެއްޗެއް" އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމްއަކީ ޚިޔާނާތް ބެލުމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ޖޮއިންޓް ކޮމިޓީގައިވެސް އިންނަވާ ބޭފުޅެކެވެ. ނަމަވެސް އޭނާ ވަނީ އެކޮމިޓީން ދުރަށް ޖެހިވަޑަައިގެންފައެވެ. މިކަމާ ގުޅޭ ގޮތުން ޝޯގައި ސުވާލު ކުރުމުން އާޒިމް ވިދާޅުވީ، ކޮމެޓީން ވަގުތީ ގޮތުން ދުރަށް ވަޑައިގަތީ އޭނާގެ ބަހެއް ނެތި މިނިވަންކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކޮމެޓީއަށް ދިނުމަށެވެ އަދި މާދަމާއިން ފެށިގެން އަނބުރާ މަަސައްކަތަށް ވަޑައިގަންނަވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ އެމަނިކުފާނުގެ ނަން ލިސްޓްގައި ހިމަނާފައިވަނީ މީހެއް ބުނި ބުނުމެއްގެ މައްޗަށް ކަމަށާއި މިއީ ކޮންމެވެސް ފަރާތެއްގެ ނުފޫޒު ވަދެގެން ހިނގާފައި އޮތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. މިގޮތުން ވިދާޅުވީ އޭސީސީން ނެރުނު ލިސްޓްގައި އޭނާގެ ނަން ނެތިފައި، މި ލިސްޓަށް އޭނާގެ ނަން އައުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ، އޭނާގެ ނަން ހިމަނާފައި ވަނީ ސިޔާސީ ގޮތުން ދައްކާ ވާހަކަތަކާ، ފާޅުކުރާ ހިޔާލުތައް ބަލައި ނުގަނެވޭތީ ނަން ކިލަނބު ކޮށްލުމުގެ ބޭނުމުގައި، ވަކި ފަރާތެއްގެ އިރުޝާދުގެ ދަށުން ކަމަށަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް އާޒިމް ވިދާޅެއް ނުވެއެވެ.

Ads by Ooredoo
  1. ރައްޔިތުން

    ދިޔާ އެއްޗެކޭ؟؟؟

  2. އަމާން

    ބަލަ ދަބަސް ހިފައިގެން ދިލަ ޖެއްސި މަސްކޮޅެއް ބަލާ އާޒިމު އަދީބު ގާތަށް ދާންޖެހޭ ވާހަކަ ޖޯކެއްދޯ؟