މަހެއްހައި ދުވަސް ކުރީން ގެއްލުނު މިސްބާހް ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މިދިޔަ މަހު ، ވީނުވީއެއް ނޭނގި ގެއްލުނު ހދ.ނޮޅިވަރަންފަރު މޯނިންގސަން މިސްބާހް މުހައްމަދު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ވަނީ އޭނާގެ ސިފައާ ގުޅިގެން ވެސް އިތުރު މައުލޫމާތު ހިއްސާ ކޮށްފައެވެ. ނަމަވެސް އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ވިދާޅުވީ މިސްބާހްއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ނަންބަރު 3322111 ނުވަތަ 9631696އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެދޭ ކަމަށެވެ.