ކޮލަމް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓް: ގައުމީ މަޖިލީހުގެ އިންތިޚާބަށާއި އިދިކޮޅަށް ޖަހައިލި ބުޅިއެއް

ޢަބްދުﷲ ޔޫސުޕް ، ދެން އޮންލައިން

ކޮންމެ އިންތިހާބަކާ ދިމާކޮށް ސިޔާސީ ޗަރުކޭހެއް ކުޅެލުމަކީ ރައީސް ނަޝީދުގެ އާދަފުޅެކެވެ. ރައީސް ޞާލިހާ ނަޝީދުގެ ބާރު އެމްޑީޕީގެ ތެރޭގައި އޮތްވަރު މިނެލުމަށް އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ އެންމެ ރަނގަޅު ދަނޑިވަޅަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބެވެ. ރައީސް ނަޝީދު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ ކޮންޓްރޯލު އޮންނަ ގައުމީ މަޖިލީހެއް އޮތުމަށެވެ. ރައީސް ޞާލިހު ބޭނުންފުޅުވެ ވަޑައިގަންނަވަނީ އެމަނިކުފާނުގެ ގައުމީ މަޖިލިހެއް އޮތުމަށެވެ. ދެބޭފުޅުންނަކީ އެކައްޗެއްކަމަށް އެމްޑީޕީގެ އާއްމު މެންބަރުންނަށް ދެއްކޭތޯ ދެބޭފުޅުން ވެސް ހީލަތްތެރި މަސައްކަތްތަކެއް ކުރައްވާ ވެސް މެއެވެ.

Ads by STELCO

ރައީސް ޞާލިހު ހިންގަވަނީ ހިމޭން ކެންޕޭނެކެވެ. ސީދާ އެމަނިކުފާނު ވަކިގޮތަކަށް މަސައްކަތް ނުކުރައްވާކަން ދައްކަވައި ހުންނަވައިގެން ކުޅުއްވަނީ އަޑިންނެވެ. ރައީސް ނަޝީދަކީ ސީދާހަރަކާތުގެ ބޭފުޅެކެވެ. އެހެންކަމުން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަންކަން ރައީސް ނަޝީދު ކުރައްވަނީ ފޮރުވެފައި އޮތް ސިއްރު އެޖެންޑާއެއްގެ ތެރެއިން މެންބަރުންގެ އިހުސާސާއި ސަމާލުކަން ލިބޭގޮތަށް ހިންގާ ސީދާ ހަރަކާތުގެ ތެރެއިންނެވެ. ރައީސް ނަޝީދަށް ވަފާތެރި މީހުން ހޮވުމަށް ކޮންމެ ކަމެއް ގުރުބާން ކުރައްވައިގެން ވެސް އެކަމެއް ހާސިލުކުރެއްވުމަށް މަސައްކަތް ކުރެއްވުމަކީ ރައީސް ނަޝީދުގެ އުސޫލެވެ.

އެމްޑީޕީގައި ދެފެކްޝަނެއް ނެތްކަމަށް ނިކަން ބާރަށް ދެ ރައީސުން ވެސް ވިދާޅުވެއެވެ. ގައުމީ މަޖިލީހުގެ ކެންޕެއިނުގައި ރައީސް ނަޝީދުގެ ވަފާތެރިންނާ ވާދަކުރަން ދާއިރާތަކަށް ނިކުންނަ މެންބަރުންނަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ މަދަދު ލިބިގެން ރައީސް ނަޝީދުގެ ބާރުކަނޑުވައިލަން ނިކުންނަ ބައެއް ކަމަށް ދައްކައި ޝައްކު އުފެއްދުމަށް ނުކުރާނޭ ކަމެއް ވެސް ނެތެވެ. އިބޫގެ ފެކްސަނެއް ނެތް ނަމަ މިނިސްޓަރ ފައްޔާޒު ފެކްސަނެއް ހަދައި މަދަދު ދީގެން އެމްޑީޕީގެ ތެރޭގައި އެއްވެސް ކަމެއް ކުރާނެ ޖާގަ ދެއްވައިގެން ރައީސް ޞާލިހު ހުންނަވާނެ ހެއްޔެވެ.

އެކަން ރައީސް ނަޝީދަށް ވަރަށް ރަނގަޅަށް އެނގި ވަޑައިގަންނަވައެވެ. ކަން ހިނގާގޮތް ދެނެވަޑައިގަންނަވާ ބޭފުޅުންނަށް މިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. މާލޭ ސިޓީކައުންސިލްގެ މޭޔަރަކަށް ހޮވަން ރައީސް ނަޝީދު ބޭނުންފުޅުވީ ޝިފާއެވެ. އެމްޑީޕީގެ ސެކެޓަރީ ޖެނެރަލް ކަމުގައި އަނަސް ޢަބްދުއްސައްތާރު ހުރެ ޝިފާގެ މައްޗަށް ކުރި ހޯދުމުން ލޯކަލް ކައުންސިލް އިންތިހާބުގައި އަނަސް ނިކަން ރަނގަޅަށް ބަލިކޮށްލެއްވީ ރައީސް ނަޝީދުގެ ގޭމަކުންނެކޭ ނުދަންނަވަމެވެ. އެނގޭ ކަމަކީ ތިމާގެފުޅު ރައީސް ނަޝީދުގެ ގޮނޑިކޮއްކޮ ޝިފާ ބާރުވެރި ކުރުމަކީ ރައީސް ނަޝީދުގެ އަމާޒެއްކަމެވެ. އެކަމަށް ޓަކައި އެމްޑީޕީ މާލޭ ދާއިރާގެ ރައީސްކަމަށް ޝިފާއާ ވާދަ ކުރައްވާ އަކުރަމު ކަމަލުއްދީން ފެއިލްކޮށްލުމަކީ ރައީސް ނަޝީދުގެ އަމާޒެކެވެ. ސިޓީ ކައުންސިލްތެރޭގައި ޝިފާ ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތައް އޮއްބައިލުމަށާއި އަކުރަމާ ދެކޮޅަށް ހިންގައި ، ވައިގައި ހިއްޕޭނެ އެންމެ ބޮޑު އެއްޗަކީ އެމްއެމްޕީއާރުސީގެ ވާހަކައެވެ.

އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ ބައިވެރިންނަށް ގައުމީ މަޖިލީސް އިންތިހާބުގައި ވާދަ ނުކުރެވޭނެ ގަރާރެއް ފުރަތަމަ ފާސްކުރުވީއެވެ. ރާއްޖެޓީވީން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަތިއަޅަން މަސައްކަތްކުރާކަމަށް ވިދާޅުވެ ރާއްޖެޓީވީގެ ފައުންޑަރ އަކުރަމު ކަމާލުއްދީނުގެ އަގު ވައްޓާލުމުގެ މަސައްކަތް ފާޅުގައި ފެއްޓެވިއެވެ. ތުހުމަތުގެ ލިސްޓުގައި އަކުރަމު ކަމާލުއްދީނުގެ ނަން އޮތްކަން ސާބިތުކޮށް ދިނުމަށް މަޖިލިސް މެދުވެރިކޮށް ރިކަވަރީ ކޮމިޝަނުން ލިސްޓެއް ގެނުވައިފައި އެލިސްޓު ހާމަކޮށް އެތައް ބަޔެއްގެ އަބުރު ކަތިލީއެވެ.  ބޭނުމަކީ އަކުރަމުގެ މައްޗަށް ޝިފާއަށް ކުރި ހޯދައިދިނުމެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ އަނެއްކާ ވެސް ހިއްލާލި އެއް ބޭނުމަކީ އެއީ އެވެ. ދައުލަތަށް ލިބުނު ގެއްލުމެއް ފޫބައްދައި ދިނުމުގެ ބޭނުމަކު ނޫނެވެ. ގައުމީ މަޖިލީހުގެ ކޮންޓްރޯލު އެ މަނިކުފާނަށް ހޯދުމުގެ ބޭނުމުގައެވެ.

  1. ހިލަބެ

    ތީވަރަށްބޮޑުތެދެއް ސަތޭކަޕަސެންޓް ތެދުވާހަކައެއް އަދި ހަމައެހެންމެ އެކިއެކި މުނާސަބުވަގުތުތަކުގައި ޙައްޤަކާއިނުލާ ޝަހީދުކޮށްލެބިފައިވާ ޑރ އަފްރާޝީމް އާއި އެމަރާއިއެކުއެކުހެން ކަތިލެވިގެންގޮސްފައިވާ މަރުތަކުގެ ތަހުޤީޤަކީވެސް ދެއްނެވިދިއަފަދަ ކަމެއް ބައެއްފަހަރަށްހޯވާނެ އާނމިފަހަރު މިކަންތައްތައް ކޮޅެއްގައިޖެހޭނޭ އެކަމް އެބޭފުޅުންބޭނުންވާ ކަމެއްޙާޞިލްވާހިސާބުން ދެންއެވާހަކަ ހަނދާވެސްހުއްނަކަމަކަށްނުވޭ…
    އެތައްކޮމިޝަނެއް ހަދައި ބަޔަކުއައްޔަނުކޮށް މުސާރަދެމުންއެދަނީ މިއީސިޔާސީ މީހުންކުޅޭކުޅިގަނޑެއްމީ.