ޚަބަރު

އަދީބު ދޭން ޖެހޭ ފައިސާއަކާ ހަވާލުވީން: އީސަ

ދެން އެމްވީ ، ދެން އޮންލައިން

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ހިއްސާ އޮތް ރިޖޫޑް ކޮމްޕެނީއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައްކަވަން ޖެހޭ ފައިސާތަކަކާ ހަވާލުވެވަޑައިގެންނެވި ކަމަށް އަހުމަދު އީސާ ވިދާޅުވިއެވެ.

Ads by STELCO

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓާ ގުޅިގެން "އަދަދު"އިން ގެނެސްދިން "އެތެރެފުށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީސާ ވިދާޅުވީ ރިޖޫޑް ކުންފުންޏާއި އަދީބާ ދެމެދު ހިނގި މުއާމަލާތަކީ ޞައްޙަ މުއާމަލާތެއް ކަމަށާއި ޚިޔާނާތުގެ މައްސަލައާ އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

ޚިޔާނާތުގެ މައްސަލަ ބެލުމަށް ސަރުކާރުން އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ނެރުއްވި ރިޕޯޓްގައި އަހުމަދު އަދީބުގެ އަތްޕުޅުން ފަސްލައްކަ ރުފިޔާ އީސައަށް ލިބުނު ކަމަށް އޮވެއެވެ.

"އަދީބުގެ ރަހުމަތްތެރިއެއް މެދުވެރިކޮށް ، އަޅުގަނޑުގެ ހިއްސާ އޮންނަ ކުންފުންޏަކާއި އަދީބާ ދެމެދު ހިނގައިފައި އޮންނަ ވިޔަފާރި މުއާމަލާތެއްގައި އެ ކުންފުންޏަށް އަދީބު ދައްކަން ޖެހޭ ފައިސާއަކާ އަޅުގަނޑު ހަވާލުވީމޭ ، އެ ފައިސާއާ އަޅުގަނޑު ހަވާލުވީ އެ ކުންފުނީގެ އޭރު ، ފައިސާގެ ކަންތައް ބަލަހައްޓާ ދެ ޑައިރެކްޓަރުންގެ ތެރެއިން އެއް ޑައިރެކްޓެއް އަޅުގަނޑަކީ" އީސާ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ އެ މުއާމަލާތުގެ ތަފްސީލް ލިބިވަޑައިގެން ހުންނެވި ކަމަށާއި ނަމަވެސް އެ މުއާމަލާތުގެ ތަފްސީލް ދޭން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތު ހިއްސާ ކުރުމުގެ ހުއްދައެއް ކުންފުނީގެ ހިއްސާދާރުންގެ ކިބައިން ހޯދިފައި ނެތް ކަމަށާއި އަދި ތަހުގީގް ކުރަމުންދާ މައްސަލައަކަށް ވާތީ އެ ތަފްސީލް ހިއްސާ ކުރެއްވުން ވެސް ރަނގަޅު ނޫން ކަމަށެވެ. އެހެން ނަމަވެސް ވަޒީރަކަށް ވިޔަސް ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވިޔަސް ވިޔަފާރީގެ މުއާމަލާތެއް ހިނގައިފާނެ ކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ޚިޔާނާތުގެ ރިޕޯޓް ، މީސްމީޑިއާއިން މީގެ ދޮޅު އަހަރު ކުރީން ފެނިގެން އޭގައި އޭނާގެ ނަން އޮންނާތީ އެ މައްސަލަ ބައްލަވައި ދެއްވުމަށް ، އިސްވެ އެސެޓް ރިކަވަރީ ކޮމިޝަނުގައި ދެންނެވި ކަމަށެވެ. އަދި ޚިޔާނާތުގެ އެއްވެސް ފައިސާއެއްގައި އޭނާ ޖެހިފައި ނޯންނާނެ ކަމަށާއި އީސަގެ މައްޗަށް ޚިޔާނާތް ސާބިތު ވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސުވާލެއް ވެސް ނެތް ، އަޅުގަނޑު ހަމަ އަމިއްލަ ނަފްސަށް ވެސް ނިންމައިން މި ހުންނަނީ އަޅުގަނޑުގެ މައްޗަށް ދައުލަތުން ދައުވާ ކުރަން ޖެހޭ ވަރުގެ ހެކިތަކެއް ހޯދައިފިނަމަ އަޅުގަނޑު މި މަގާމުން އިސްތިއުފާ ދޭނަން

އީސަގެ ހިއްސާ އޮތް ރިޖޫޑް ކޮމްޕެނީއަކީ ޓުއަރިސްޓް ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރި ކުންފުންޏެކެވެ. އީސަ ވިދާޅުވީ ފަޅުރަށެއްގެ ކަންތަކުގައި އަދީބާ މުއާމަލާތް ކުރެއްވި ކަމަށެވެ. އީސަ ވިދާޅުވީ އޭނާ ޓުއަރިޒަމްގައި ހަރަކާތްތެރިވާ ޖަމްއިއްޔާ "ޓީމް"ގައި މަސައްކަތް ކުރެއްވިއިރު އަދީބާއެކު ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އީސަ ވަނީ އެމްޑީޕީގެ ވިޕާ ޚިލާފަށް އަދީބަށް ޓުއަރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރުމަށް ރުހުން ދީފައެވެ. އީސަ ވިދާޅުވީ އެކަން ކުރެއްވީ ރައީސް ނަޝީދު ވިދާޅުވެގެން އެމަނިކުފާނުގެ އެދުންފުޅަށް ކަމަށެވެ.

  1. ޟމިލާއިބު

    ޢީސަބޮޔްޔިކެންދިކޮލުު ލަފިރިނނ.ކުދިފަލަ

  2. ޢިންސާފް

    މަށަކީ އެމްޑީޕީ އަދި އީސަޔަށް ވެސް ތާއީދު ކުރާ އަދި ކުރާނެ މީހެއްވެސް ނޫން. ނަމަވެސް ރޭގެ ޕްރޮގްރާމް ބެލުމަށްފަހު އީސަގ އެއްވެސް ކުށެއް ނެތްކަން މަޔަގީން ކޮއްފިން. އަދި ޕާޓޣެ އެތެރޭގެ ކޯޅުމަކުން އީސަޔަށް ޓާގެޓް ކުރީކަން ޔަގީން ވެއްޖެ. އަސްލު ލިސްޓައް އަރަންޖެހެނީ ހަސަންލަތީފު، އީވާ އަންނި އިބޫސާލިހް ގ ނަންވަނީ އުނި ކުރެވިފަ