މަރަކަށްފަހު މަރެއް، މިއަދުގެ މިހައިތަނަށް ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 7އަށް!

ރާއްޖެއިން ކޮވިޑް-19 ބަލީގައި މިއަދު އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ކޮވިޑް-19އަށް ފައްސިވެފައިވާ އުމުރުން 62 އަހަރުގެ އަންހެނަކު އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެނައި ކަމަށާއި މިއަދު މެންދުރު 12:16 ގައި އެ މީހާ ނިޔާވެފައިވާ ކަމަށެވެ.
މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 112 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون