ހަނގުރާމަ ހުއްޓައިލާފައި އޮއްވާ އިސްރާއީލުން އަނެއްކާ ވެސް އަޤްޞާއަށް ވަދެގަނެއްޖެ
މިއަދު ހުކުރު ނަމާދަށް ފަހު ޤުދުސްގައި ހުންނަ އަލް-އަޤްޞާ މިސްކިތުގައި އުފާ ފާޅު ކުރަން ތިބި ބަޔަކަށް އިސްރާއީލުގެ ސިފައިން ހުރަސް އަޅައިިފިއެވެ.
ގުދުސް ނެޓްވޯކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރަށް ފަހު އެސަރަހައްދުގައި މަޑުކޮށްލައިގެން ތިބި ބަޔަކު އެސަރަހައްދުން ދުރަށް ޖެއްސުމަށް ޓަކައި ސްޓަން ގްރެނެއިޑްސް އާއި ސްމޯކް ބޮމާއި ކަރުނަ ގޭސް ވަނީ ބޭނުންކޮށްފައެވެ. މިހަމަލާތަކުގައި 20 މީހަަކަށް އަނިޔާވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.
އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ރޭ ދަންވަރު ވަގުތީ ގޮތުން މެދު ކަނޑައިލައިފައިވާއިރު، މިއަދު އަޤްޞާ މިސްކިތުގައި މަޑުކޮށްގެން ތިބީ ބަޔަކު އެތަނުގައި ތިބީ އެކަމުގެ އުފާ ފާޅު ކުރަން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަޤްޞާ މިސްކިތުގައި ނަމާދު ކުރުމަށް ފަހު ގިނަ ވަގުތު އެތަނުގައި މަޑުކޮށްގެން ތިބުމަކީ، އިސްރާއީލްގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ބުނެ، އިސްރާއީލުން ވަނީ އެކަން މަނާކޮށްފައެވެ. އަދި އަޤްޞާ މިސްކިތުގައި އެއްވާ ނަމަ ބާރުގެ ބޭނުންކޮށް މީގެ ކުރިން ވެސް އެއްވުންތައް ރޫޅައިލައެވެ.
މީގެ 11 ދުވަސް ކުރިން ، ބޮޑު ހަނގުރާމައެއް ޙަމާސާއި އިސްރާއީލުން ފަށައިފައި ވަނީ ހުޅަނގު އައްސޭރީގެ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާއަށް ޔަހޫދީ ފައުޖުތަކުން ޙަމަލާ ދިނުމަށް ފަހު އެތަނުގައި އަޅުކަންކުރަން ތިބި މުސްލިމުންނާ ދެކޮޅަށް ހިންގި ބޮޑެތި ލާއިންސާނީ ޖަރީމާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމުވުމުންނެވެ. ޙަމާސުން އިސްރާއީލާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށީ އެ ޖަމާޢަތުން ދިން މުޙްލަތުގެ ތެރޭގައި ޔަހޫދީ ފައުޖުތަކުން ޤުދުސް ހިމެނޭ ސަރަޙައްދުން ފަހަތަަށް ނުޖެހުމުންނެވެ.
ތިމީހުނަށް ވަޢުދަކީ އެއްވެސް އެއްޗެއް ނޫން.
ޔާ ﷲ ފަލަސްތީނުގައި ދިރިއުޅެމުންދާ އަޅުގަނޑުމެންގެ މުސްލިމުންނަށް ދާއިމީ ގޮތުން ނަސްރުދެއްވާށި.. އަދި އިސްރޭއިލްގެ ހައްދު ފަހަނަ އަޅާފައިވާ ބޮޑު ވަޒީރު ޓެރަރިސްޓް ނަތައްޔާހޫ ގެ ނިމުން އަވަސްކުރައްވާށި.. ގަދަފަދަ ވެގެްންވާ އަޒާބެއް އޭނައަށް ދެއްވާށި… އަދި ދިރިތިބި މީހުންނަށް އިބުރަތެއް ކަމުގައި ލައްވަވާށި… އާމީން
އާމީން. އާމީން. އާމީން
ނަތަންޔާހޫ ގެ ނިމުން އަވަސް ކުރައްވާށި އާމީން