ޚަބަރު

ސަމާލުވޭ! ކޮވިޑް-19 އަށް ފައްސިވީ އަދަދުތައް މިއަދު ވެސް 1000އަށް ވުރެ މަތި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވީ އަދަދުތައް މިއަދު ވެސް 1000 އަށްވުރެ މައްޗަށް އަރައިފިއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިތުރު 1،417 މީހުން ވަނީ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 1،097 މީހުންނެވެ. އަތޮޅުތެރެއިން 303 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 17 މީހުން ފައްސި ވެފައިވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 57،341 މީހުންނެވެ.

ބަލިން ފަސޭހަވެފައިވަނީ 33،136 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 139 މީހުންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 282 މީހުންނެވެ.

މި ފަހަކަށް އައިސް ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގައި ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެޗްޕީއޭއިން މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް ވެސް އަޅައިފައެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ބޭރަށް ނުކުންނަ އިރު މާސްކު އަޅައިގެން އުޅުމަށް ވެސް އަންގާފައިވެއެވެ. އަދި މާލެ ސަރަޙައްދާއި އެހެން ބައެއް ރަށްތަކުގައި ހަވީރު 4:00އިން ފަތިހު 4:00އަށް ވަނީ ކާފިއު ވެސް އިއުލާނު ކޮށްފައެވެ. ނަމަވެސް މި މަހުގެ 26 އިން ފެށިގެން މާލެ ސަރަޙައްދުގެ ކާފިއު ގަޑިއަކީ ހަވީރު 4:00އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!