ޚަބަރު

މުއްދަތު ހަމަވާ އެއްގަމު އުޅަނދުގެ ލައިސަންސް ޖުލައި 31އާ ހަމައަށް ބޭނުން ކުރެވޭނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Police, Male' Maldives

މުއްދަތު ހަމަވާ އެއްގަމު އުޅަނދުގެ ލައިސެންސް، ޖުލައި މަހުގެ 31 އާ ހަމައަށް ބޭނުން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ.

Ads by STELCO

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ޕެންޑަމިކާ ގުޅިގެން ރައްޔިތުންގެ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން 1 މެއި 2021 އިން ފެށިގެން މުއްދަތު ހަމަވާ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްތައް 31 ޖުލައި 2021 ގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން ސަރުކާރާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގުޅިގެން ، މާދަމާއިން ފެށިގެން ފިޔަވަޅުތަކެއް އަޅަން ވަނީ އިއުލާނު ކޮށްފައެވެ.

އެގޮތުން މާދަމާއިން ފެށިގެން ދެ ހަފްތާ ވަންދެން، މާލެ ސަރަޙައްދުގެ ކާފިއު ގަޑި ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށް އިތުރުކޮށްފައި ވެއެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ކޮންމެ ގޭބިސީއަކުން (ރެސިޑެންޝަލް ހުއްދަ އޮންނަ) ދެ މީހަކަށް ކަމަށް ވެސް ވަނީ ނިންމާފައިވެއެވެ.

މީގެ އިތުރުން ފިހާރަތަކާ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ހެނދުނު 6:00 މެންދަމު 12:00 އާ ހަމައަށް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!