ރައްޔިތުން ބިރުވެރިކަމެއްގައި! މިއަދު ވެސް ހާހަކަށް ވުރެ ގިނަ މީހުން ފައްސިވެއްޖެ

ކޮވިޑް-19އަށް ރާއްޖެއިން މިއަދު ވެސް އިތުރު 1،004 މީހުން ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން 835 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އަދި އަތޮޅުތެރެއިން 153 މީހުން ފައްސި ވެފައިވާ ކަމަށާއި ހިންގަމުން އަންނަ ރިސޯޓުތަކުން 12 މީހަކާއި ކަނޑުދަތުރުކުރާ އުޅަނދުތަކުން ހަތަރު މީހަކު ކޮވިޑަށް ފައްސި ވެފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.
ރާއްޖެއިން މިހާރު މި ބައްޔަށް ފައްސިވެފައި ވަނީ ޖުމްލަ 58،345 މީހުންނެވެ. ޖުމްލަ 34،159 މީހުން މި ބަލިން މިހާރު ފައްސިވެފައިވާ ކަމަށާއި މިހާތަނަށް ރާއްޖެއިން މިބަލިން 144 މީހަކު ނިޔާވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.
ހޮސްޕިޓަލުތަކުގައި މިވަގުތު މި ބައްޔަށް ފަރުވާ ހޯދަވަމުން ގެންދަވަނީ 289 މީހުންނެވެ.