ޚަބަރު

ކޯވިޑް-19 ދިފާޢު: އިތުރު 1400އަށް ވުރެ ގިނަ މީހުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ލިޔެކިއުން ނެތް ބިދޭސީން ކިއޫގައި -- ދެން އިމޭޖްސް

1،400އަށް ވުރެ ގިނަ މިހުން ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފިއެވެ.

Ads by STELCO

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24ގަޑިއިރުތެރޭ ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުގެ ސެންޓަރުތަކުން ޖަހައިފައި ވަނީ 1،077 މީހުންނެވެ. އަދި މާލެ ސަރަޙައްދުން ވެކްސިން ޖަހައިފައި ވަނީ 378 މީހުންނެވެ. މިއާ އެކު އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދަކީ 1،455 މީހުންނެވެ.

ވޭތުވެދިޔަ 24ގަޑިއިރު ވެކްސިންގެ ފުރަތަމަ ޑޯޒް 780 މީހުން ވަނީ ޖަހައިފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެއިން ވެކްސިން ޖެހި 259 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 521 މީހުންނެވެ. މިއާ އެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 307،210 އަށް އަރައިފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!