ހުޅުމާލޭ ފެސިލިޓީން ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ
 
                                                    ހުޅުމާލޭ މެޑިކަލް ފެސިލިޓީން ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 146 ވަނަ މީހާއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރު 2:35ގައި އެޗްއެމްއެފްގައި ނިޔާވެފައިވާ ކަމަށެވެ.
މިއީ މި ބަލީގައި ރާއްޖެއިން މިއަދު ނިޔާވި ދެވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
 
Ads by Ooredoo
 
  
  
            
                     
            
                     
            
                    
 
		
 
		
 
		
 
		
