ރައްޔިތެއްގެ ޝަކުވާ ފުލުހުންނަށް: ޖޫރިމަނާ ކުރާއިރު ޑޮކްޓަރުގެ ލިޔުމަށް ވެސް ބަލައިނުލާ
މާސްކު ނާޅާ އުޅޭތީ ކަމަށް ބުނެ ޖޫރިމަނާ ކުރި މީހަކު އޭނާގެ ޝަކުވާތައް މީސްމީޑީއާގައި ބަންޑުން ކޮށްލައިފިއެވެ.
އާންމު ރައްޔިތަކު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ އެޗްޕީއޭގެ ގަވައިދުގައި ބަލިމީހުންނަށް މާސްކު އެޅުމުގައި ވަކި އުސޫލެއް ބަޔާން ކޮށްފައި ނުވަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ފުލުހުން ރައްޔިތުންނަށް ދިނުމަށް ހުވާ ކުރި ރައްކާތެރިކަމަކީ މިއީތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
އޭނާ ބުނެފައި ވަނީ ޑިއުޓީ ނިންމާފައި ރޭ 8:30ހާއިރު އޭނާ ގެއަށް ދިޔައިރު އޭނާ ދިޔައީ އޭނާގެ މާސްކު ތިރިކޮށްގެން ކަމަށެވެ. އަދި އެއީ އޭނާގެ ސިއްހީ ހާލަތުގެ ސަބަބުން ގިނައިރު މާސްކު އަޅައިގެން ހުންނަން އުނދަގޫ ވާތީއެވެ. ފުލުހުން އޭނާ ހުއްޓުމަށް އަތުން އިޝާރާތް ކުރުމުން އޭނާ މަޑު ކުރިއެވެ.
"މާސްކު ނާޅާ އިނީމަ ޖޫރިމަނާ ކޮށްލާނަން" ކިހިނެއްވީތޯ އެހުމުން ސުވާލެއް ކުރުމެއް ނެތި ފުލުސް އޮފިސަރު ވިދާޅުވީ މިހެން ކަމުގައި އޭނާ ބުނެފައިވެއެވެ. އަދި އެހެން އަދި ޖޫރިމަނާ ނުކުރެވޭނެ ކަމަށް އޭނާ ބުނިން ކަމަށާއި ނަމަވެސް ކުރެވޭނެ ކަމަށް ފުލުސް އޮފިސަރު ވިދާޅުވިކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެހެން ބުނުމުން އޭނާގެ އަތުގައި ޑޮކްޓަރުގެ ލިޔުން އޮތް ކަމަށް އޭނާ ބުންޏެވެ. އަދި ފުލުހުން އެ ލިޔުން ދެއްކުމަށް އެދިލެއްވިއެވެ.
"މިއަކު ނެތެއްނު މާސްކު ނާޅާ އުޅެވޭނެއެކޭ" ލިޔުން ކިއުމަށްފަހު ފުލުހުންގެ އޮފިސަރު ވިދާޅުވިކަމަށް އެ ޒުވާނާ ބުނެފައިވެއެވެ. އަދި އެހެން ވިދާޅުވުމުން އޭނާ އަބަދު މާސްކު ނާޅާ ނޫޅޭ ކަމަށާއި ޑިއުޓީގައި އެހާ ގިނައިރު މާސްކު އަޅައިގެން އިނުމަށް ފަހު އޭނާ މާސްކު ތިރި ކުރީ ގެއަށް ދާން ވެގެން ކަމަށް އޭނާ ބުންޏެވެ.
ފުލުހުންގެ އޮފިސަރަށް އެ ޒުވާނާ ފެނުނު އިރު އެ ޒުވާނާ މާސްކު ނާޅާ ހުރުމުން ޖޫރިމަނާ ކޮށްލާނެ ބުނި ކަމަށާއި އައިޑީކާޑު ނަންބަރު ބުނުމަށް ވިދާޅުވި ކަމަށް ވެސް ޒުވާނާ ބުނެފައި ވެއެވެ. ނަމަވެސް ޖޫރިމަނާ ކުރަން ކަމަށްވާ ނަމަ އައިޑީކާޑު ނަންބަރު ނުލިބޭނެ ކަމަށާއި ގެންދާ ތާކަށް ގެންދިއުމަށް އޭނާ ބުނިކަމަށް އޭނާ ބުންޏެވެ. އަދި ފުލުހުން ވަނީ ސްޓޭޝަނަށް ގެންގޮސް އޭނާ ޖޫރިމަނާ ކޮށްފައެވެ.
ޑޮކްޓަރުގެ ލިޔުމުގައި އޮތީ ގިނައިރު މާސްކު އަަޅައިގެން ނޫޅުމަށް!
އެ ޒުވާނާގެ ޕޯސްޓުގައި ޑޮކްޓަރުގެ ލިޔުން ވެސް ވަނީ ހިއްސާ ކޮށްފައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގެ އެ ލިޔުމުގައި ބުނެފައިވާ ގޮތުން އޭނާ އަކީ ނޭވާ ހިއްލާތީ އެކަމަށް މިހާރު ވެސް ފަރުވާ ހޯދަމުން އަންނަ މީހެކެވެ.
އެހެންކަމުން ގިނައިރު ވަންދެން މާސްކު އަޅައިގެން އޭނާ އުޅުމުން ނޭވާއަށް އުނދަގޫވެ ނޭވާ ނުލެވޭ ފަދަ ހާލަތެއް އަތުވެދާނެ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެއެެވެ.
ގަދަމީހާ ގަދަ ޖަންގަލީގެ ޤާނޫން ، އެމީހަކާ އެމީހަކު
އެ ޕޮލިހުގެ ޑެއިލީ ޓާރގެޓް ހަމަނުވާތީ އެލާރިކޮޅު ހޯދަން ވެގެން ކަމަށް ވާނީ. އަޅެފަހެ ލިޔަން ކިޔަން އިނގޭ މީހަކަށް އިނގޭނެ ތިޑޮކްޓަރުގެ ލިޔުމުގަ އޮތް އެއްޗެއް.
ފުލުހުންްތިބީީ އަމިންލަަ އެދުމުގާާ ރަންޔިތެންނެން
ރަގަޅައްވިއްޔާ ތީގައޮތްއެއްޗެއްކިޔަންއެނގޭބާ
ޕޮލިހުންނައް ފަހުމު ނުވީތާ ލިޔެފައިވާ ލިއުންކޮޅު
ގެޔަށް ދެވެންދެންވެސް މާސްކް ތިރިނުކޮށް ނުވީބާ. މަގުމަތީގައި މާސްކް އަޅައިގެން އުޅެފައި ގެޔަށް ގޮސް މާސްކް ނެގުން ބުއްދިވެރި
މިހާރު އެންމެ މޮޅުގޮތަކީ އައިޑީކާޑް ނަންބަރު ނޭނގޭ ކަމަށް ބުނުން. ދެން އައިޑީކާޑް ނަންބަރު ހޯދަން ފުލުހުންގެ ގެޔަށްތާ ގެންދާނީ. ބަންގާޅީން މަގުމަތީ ގިނަވެގެން އެއުޅެނީ އެމީހުން ކާރިން ސުވާލުކުރީމާ އެކައްޗެއްވެސް އެނގޭކަމަށް ނަހަދާތީ ދޫކޮށްލަން ޖެހެނީ.
ދެން ޑިއުޓީގަ ހަމަ ހުރިހާ ގަޑިއެއްގަ މާސް އަޅައިގެން އިނދެފަ ގެއަށް ދާން މާސްކް ތިރި ކުރީ އޭ ބުނީމަ ހެވެނީ. ޑޮކްޓަރަށް ބިރު ދައްކައިގެން ހެދި ލޔުމެއްބާ އަނެއްކަ