މިއަދު ކޮވިޑް-19އަށް ފައްސިވީ މީހުންގެ އަދަދު މިއަދު ވެސް މަތި! 1300އާ ގާތްކުރޭ!
 
                                                        ކޮވިޑް-19އަށް ރާއްޖެއިން މިއަދު ވެސް އިތުރު 1299 މީހުން ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 890 މީހުންނެވެ. އޭގެ ތެރޭގައި އަތޮޅުތެރެއިން 334 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 48 މީހުން ފައްސި ވެފައިވެއެވެ. އަދި ކަނޑުއުޅަނދުފަހަރުން 10 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްތަކުން 17 މީހަކު މި ބައްޔަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 59،644 މީހުންނެވެ.
ބަލިން ފަސޭހަވެފައިވަނީ 34،621 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 147 މީހުންނެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 285 މީހުންނެވެ.
 
   
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
