މައްޗަންގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް
 
                                                    މައްޗަން ގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މއ.މޯރނިންގ ވިއުގައެވެ. އެ ގޭގެ ތިންވަނަ ބުރީގައި ހިނގި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ފަތިހު 05:00ގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު ރޯވެފައިވާ އަލިފާންގަނޑު ވަރަށް ބޮޑަށް ފެންނަން އެބަހުއްޓެވެ.
 
Ads by Ooredoo
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
