މިދިޔަ އަހަރު ނިމުނު އިރު 9 ބިލިއަން ރުފިޔާގެ ހަރަދު ކުޑަކުރެވުނު: މިނިސްޓަރ އަމީރު
މިދިޔަ އަހަރު ނިމުނު އިރު ކޮވިޑް-19 އާ ގުޅިގެން އިތުރު ހަރަދުތަކެއް ކުރަން ޖެހުނު ނަމަވެސް 9 ބިލިއަން ރުފިޔާގެ ހަރަދު ކުޑަކުރެވުނު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އިތުރު ހަރަދުތަކެއް ކުރަން ޖެހުނު ނަމަވެސް، ބަޖެޓުގެ އެހެނިހެން ދާއިރާތަކުން ހަރަދު ކުޑަ ކުރެވުނު ކަމަށާއި، 2020 ވަނަ އަހަރު ފާސްކުރި ބަޖެޓުން 9 ބިލިއަން ރުފިޔާ ހަރަދު ކުޑަ ކުރެވުނު ކަމަށެވެ.
މީގެ އިތުރުން ވެސް އަމީރު ވިދާޅުވީ، މި އަހަރު ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް އަންނަމުން ދާ ކަމަށާއި ބެލެވޭ ގޮތުގައި 2023 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖަހައި ކުރީގެ އިޤްތިޞާދަށް ރުޖޫއަވެވޭނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، މިއަހަރު ޓެކުހުން ލިބޭ އާމްދަނީ އުއްމީދު ކުރިވަރަށް ވުރެ އިތުރު ކަމަށާއި، އެއީ ރާއްޖޭގައި ފަތުރުވެރިން މަޑުކޮށްގެން ތިބޭ މުއްދަތު އިތުރުވެފައިވާތީ ކަމަށެވެ.