އެކްސިޑެންޓަށްފަހު ފިލި މީހާ ހޯދައިފި
މާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގަިދިޔަ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ މައުލޫމާތު ހޯދިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލި މީހާގެ މައުލޫމާތު ހޯދިފައިވާ ކަމަށާއި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަަސައްކަތް ފުލުހުން ކުރަމުން ދާ ކަމަށެވެ.
ގަލޮޅު ހުވަފެނީ ގޯޅީގައި ހިނގައިދިޔަ މި އެކްސިޑެންޓުގައި ސައިކަލު ފަަހަތުގައި އިން 22 އަހަރުގެ އިސްމާއިލް ޔަޒްދާން ވަނީ ހަމަ އެ ރޭ ނިޔާވެފައެވެ. އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދުގައި އެވަގުތު ތިބި ބައެއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓު ވީ ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި އަންނަނިކޮށް އެތަނުގައި ބަހައްޓާފައި ހުރި އަތްގާޑިޔަލެއްގައި ޖެހިފައި ކަމަށެވެ. އަދި ގާޑިޔަލުގެ އަތްގަނޑު ޔަޒްދާންގެ ކަރަށް ހެރުނު ކަމަށް ވެސް މަންޒަރު ދުށް ބައެއް މީހުން ބުނެއެވެ.
އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ ވަނީ ޔަޒްދާން އާއި އެމީހުން ދުއްވި ސައިކަލު ދޫކޮށް ފިލައިފައެވެ.