ކޮވިޑްގެ އިތުރުމަރެއް ، އަދަދު 158އަށް!

އިތުރު މީހަކު ކޮވިޑް-19 ޖެހިގެން ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައި ވަނީ ބ. އަތޮޅު ހޮސްޕިޓަލަށް (އޭދަފުށީ ހޮަސްޕިޓަލަށް) ގެންދިޔަ، ކޮވިޑަށް ފައްސި ވެފައިވާ މީހަކު މިއަދު ހަވީރު 6:00 ގައި ނިޔާވެފައިވާ ކަމަށެވެ.
ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 158ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون