ބަރަހަނާ ހާލުގައި އުޅުނު ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި

ބަރަހަނާ ހާލުގައި ރަސްފަންނު ގޮނޑުދޮށުގައި އުޅުނު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
މަންޒަރު ދުށް“ދެން”ގެ ރިޕޯޓަރު ބުނީ ބަރަހަނާ ހާލުގައި ރަސްފަންނުގައި އުޅުނީ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާއަކީ މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ރިޕޯޓް ކުރިއެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ އަންނައުނު ގެނެސް އޭނާ އަންނައުނު ލައްވައިގެންނެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.