ދުނިޔެ

ކޮވިޑް ވޭރިއަންޓްތަކަށް ގްރީކް އަކުރުން ނަން ދީފި، އިންޑިއާ ވޭރިއަންޓަށް ކިޔަނީ ޑެލްޓާ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯއިން ކޮވިޑް-19 ވޭރިއަންޓްތަކަށް ގްރީކް އަކުރުން ނަން ދީފިއެވެ.

Ads by Sosun Fihaara

ޑަބްލިއު.އެޗް.އޯ އިން ބުނެފައި ވަނީ މި ގޮތަށް ނިންމައިފައި ވަނީ އާއްމުކޮށް ކޮވިޑް-19އަށް ބައެއް ޤައުމުތަކަށް ނިސްބަތްކޮށް ނަން ކިޔަމުން އަންނާތީ ކަމަށެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައި ވަނީ ވޭރިއެންޓްތަކަށް ނަންތައް ދީފައި ވަނީ، ގައުމުތަކަށް ނިސްބަތްކޮށް ތަފާތު އެކި ނަންނަމުން ކިޔަމުންދާ ދިއުން ހުއްޓުވުމަށާއި މިގޮތަށް ވޭރިއަންތައް އެކިގައުމުތަކަށް ނިސްބަތްކުރަމުން ދިއުމުގެ ސަބަބުން އެ ގައުމުތަކުގައި ހުރި ކަންބޮޑުވުންތަކާ ވެސް ގުޅިގެން ކަމަށެވެ.

އިންޑިއާއިން ފެނުނު ވޭރިއަންޓަށް މީގެ ފަހުން ކިޔުމަށް ހަމަޖެހިފައިވަނީ ޑެލްޓާއެވެ.ޔޫކޭއިން ފެނުނު ވޭރިއަންޓަށް އަލްފާ އަދި ސައުތު އެފްރިކާއިން ފެނުނު ވޭރިއަންޓަށް ބީޓާ ކިޔުމަށް ވަނީ ނިންމައިފައެވެ. މީގެ އިތުރުން ބްރެޒިލްއިން ފެނުނު ވޭރިއަންޓަށް ކިޔުމަށް ހަމަޖެހިފައިވަނީ ގެމާއެވެ.

ޑަބްލިއު.އެޗް.އޯ އިން ބުނެފައި ވަނީ ވޭރިއަންޓްތަކަށް ކިޔާ ސައިންޓިފިކް ނަންނަމުން، އެ ވޭރިއަންޓް ފެތުރޭ މިންވަރާއި ބާރުގަދަކަން އެނގުނު ކަމުގައި ވިޔަސް ސައިންޓިފިކް ނަންތަކަކީ ކިޔަން އުދަގޫ ނަންތަކެއް ކަމަށެވެ. މިހެންވުމުގެ ސަބަބުން އެ ވޭރިއަންޓް ފުރަތަމަ ފެނުނު ޤައުމެއްގެ ނަން ވޭރިއަންޓަށް ކިޔަމުންދާ ކަމަށް ވެސް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ.

ޑަބްލިއު.އެޗް.އޯ ބުނެފައި ވަނީ އިތުރު ވޭރިއަންޓްތަކަށް ވެސް ނަން ދެމުން އަންނަ ކަމަށާއި ނަން ދެމުން ދަނީ ވޭރިއަންޓް ފެނުނު ތަރުތީބުން، ގްރީކް އަކުރުތަކުން ކަމަށެވެ. އަދި ގްރީކްގައި 24 އަކުރު އޮންނައިރު، 24އަށް ވުރެ ގިނަ ވޭރިއަންޓް ފެނިއްޖެ ނަމަ ނަން ދިނުމަށް އިތުރު ގޮތެއް ވިސްނާނެކަމަށް ޑަބްލިއު.އެޗް.އޯއިން ހާމަކުރެއެވެ.

އިންޑިއާގެ ސަރުކާރުން ވަނީ އެ ގައުމުގެ ނަން ހިމަނައިގެން ވޭރިއަންޓް ކިޔާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެވޭރިއަންޓަށް ސައިންޓިފިކް ނަމެއް އޮންނަ ކަމަށާއި އެގޮތަށް ވޭރިއަންޓަށް ނަން ނުކިޔައިފި ނަމަ މީސްމީޑިއާ ޕްލެޓްފޯމްތަކުން ޕޯސްޓްތައް ނަގައިދިނުމަށް އިންޑިއާއިން ވަނީ މީސްމީޑިއާގެ ކުންފުނިތަކުގެ ކިބައިން އެދިފައެވެ.

Ads by Allied Insurance
  1. ލޮލް

    ކޮން “ޑެލްޓާ”އެއްތަ؟ އަހަރެމެން ކިޔާނީ “ގެރި ވޭރިއެންޓް”..! ހެޔޮ “ރޭޕިސްތާނު” މީހުން ކިތަންމެ ލޭ މައްޗަށް ދިޔަޔަސް..! ކެކެކެކެ

  2. ކިޔާފާނަން ދޯ ކޮންމެފަދަ ނަމެއްވެސް