ދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް ޤާނޫނަށް އިސްލާހު ގެންނަނީ
އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކިން ހިމަނައި، ދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ނިންމައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޓަކައި ގާނޫނުލްއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފައިވާ ބިލާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ޓަކައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ސަރުކާރުން މި ބިލް ހުށައެޅުމުގެ ބޭނުމަކީ ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރު ވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފްސީލު ކޮށްދީ އެ ކުށުގެ އަމަލުތަކުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކިން ހިމަނައި އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް އެ މާއްދާގައި ބަޔާން ކުރުމަށް ޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.
އެޓާނީ ޖެނެރަލް އޮފީހުން އިތުރަށް ވިދާޅުވީ އެ ގޮތުން މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ނުވަތަ އެ ނޫންވެސް ގޮތަކުން އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތަައުހީނު ކުރުމުގެ (ފުރައްސާރަކުރުމުގެ) ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާން ކުރުމަށް އެ ބިލްގައި ހުށައަޅައިފައި ވާނެ ކަމަށެވެ.
ބަހުންނާއި، ޢަމަލުން ނުވަތަ ލިޔުމުންވެސް ބަޔާން ކުރަން ޖެހޭނެއެވެ. ޓިޔަ ކަންވެސް ތިޔަ ކުރަނީ ހެޔޮ ނިޔަތަށްވުރެ ޕްރެޝަރ ބޮޑުވެ، ތިޔަކަުންވެސް ދީނާ ދެކޮޅު މީހުން ހިމާޔަތް ކުރަން ކުރި ކަމެއް. ނިޔަތް ރަގަޅެއް ނޫން.
އެހޭ