ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އެމްޑީޕީ މެމްބަރުންގެ ވޯޓާއެކު ކޮމިޓީން ބޭރުކޮށްލައިފި
މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ހަސަން ޒަމީލްގެ މައްޗަށް ޖިނާޢީ ދައުވާ ކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވި މައްސަލަ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު ކޮމިޓީން ބޭރުކޮށްލައިފިއެވެ.
ޒަމީލް މައްޗަށް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ރައީސް ނަޝީދު މަޖިލީހުގެ ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީއިން ކުރިޔަށް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ޒަމީލް ސޮއި ކުރައްވައި ޑިފެންސް މިނިސްޓްރީގެ ފަރާތުން މަޖިލީހަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ. ދައުވާ ކޮށްދިނުމަށް އެދި ރައީސް ނަޝީދު ވަނީ ޕީޖީ އޮފީހަށް ވެސް މި މައްސަލަ ފޮނުއްވައިފައެވެ.
މި މައްސަލައިގައި ރޭ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމުގައި ނަޝީދު ފޮނުއްވި މައްސަލަ މަޖިލީހުން ބޭރުކޮށްލީ އެމްޑީޕީގެ މެންބަރުންގެ ވޯޓާއެކުގައެވެ. އެ ހަތަރު މެންބަރުންނަކީ، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އަދި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދެވެ.
އިއްޔެ މަޖިލީހުގެ ކޮމިޓީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވަނީ ހާޒިރުވެވަޑައިގެންފައެވެ. ކޮމިޓީން ވަކިވަކި ސިފައިން ހާޒިރު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، މިހާރުވެސް 40 ސިފައިންގެ މީހަކަށް ވަނީ ހާޒިރުވާން އަންގަވައި ސިޓީ ފޮނުއްވައިފައެވެ.
ދެން ކިހާބޮޑު ވިކަމެން މިނަސީދު ބޭނުންކޮންމެކަމެން ކުރަންވީ މަޖުލިސްތެރޭންވެސްކޯޓުންވެސް ؟؟މިކަލޭގެގާނޫނައްވުރެއްބާރުގަދަ ކޮބާ ޔާމީނުގެ ލޯންޗު ގޮއަްވާލި މައްސަލަ؟؟ހަމަ ހަމަކަންއިންސާފުވެރިކަންގާއިމުކުރޭ؟؟
ގާނޫނާ ހިލާފަށް ނަޝީދު ހިންގާ ކަންކަމުގައި ބައިވެރި ވާނެކަމެއް