މާތްކަލާކޯ މީވާ ސަރުކާރެއް: އީވާ
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވި މައްސަލަ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު ރޭ ބޭރުކޮށްލައިފައި ވާތީ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފިއެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން މިމައްސަލަ ކުރިޔަށް ނުގެންދަން ހުށަހެޅީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އަދި މައްސަލަ ކުރިޔަށް ނުގެންދަން ފާސްވެފައި ވަނީ އެމްޑީޕީގެ ހަތަރު މެންބަރުންގެ ތާޢީދާއެކުގައެވެ.
މިކަމާ ގުޅިގެން ، އަލިފުށީ ދާއިރާ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މެންޝަން ކުރައްވަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި އީވާ ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ފެއިލް ކުރައްވަން ނޫޅުމަށް ބިގޭ ގާތުގައި ވިދާޅުވެފައެވެ. މި ޗެޓްގެ ސްކްރީކްޝޮޓެއް "ދެން"އަށް ވަނީ ލިބިފައެވެ.
ޒަމީލްގެ މައްސަލަ ބެލެން ނެތް ކަމަށް އިންތިޔާޒް ކޮމިޓީން ފާސްކޮށްފައި ވަނީ ބިގޭގެ ޕްލޭންގެ ދަށުން ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. އަދި މެންބަރުންނަށް ގުޅުއްވާ މިމައްސަލަ ބޭރުކުރަން ވޯޓް ދެއްވަން އެދިވަޑައިގަންނަން ނުޖެހޭނެ ކަމަށް އީވާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، "އިންކުއަރީ ފަނި ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ ކަމަށެވެ."
އީވާ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދުގެ ހާލަތާ މެދު ވީ ހަމްދަރުދީގެ މުއްދަތު ހަމަވީތޯ ކަމަށާއި ރައީސް ނަޝީދު އެދިވަޑައިގަންނަވާ ކަންކަން ކުރައްވަން ކޮމިޓީން ކުރާ ކަންކަމަަށް ހުރަސް އަޅުއްވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން، "މާތް ކަލާއްކޯ، މީވާ ސަރުކާރެއް"ކަމަށް މެސެޖު ނިންމާލަމުން އީވާ ވިދާޅުވެފައި ވެއެވެ.
ގަދަވެ ހުން އޮއްވަ ރީނދޫ ހުމުގާ، ކަނޑަކު އޮޑިއޮވެ ފެތީތާާ