ރައީސް ނަޝީދު ރައީސް ޞާލިޙަށް: ސިއްރު ކުރަން ތި އުޅުއްވަނީ ކޮންކަމެއް؟
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލަ ބަލާ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރަން އިސްވެ އުޅުއްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ،
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް މެދުވެރި ކުރައްވަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ރައީސް ޞާލިޙް ސިއްރު ކުރައްވަން އުޅުއްވަނީ ކޮންކަމެއްތޯ ރައީސް ނަޝީދު ވަނީ ސުވާލު ކުރައްވައިފައެވެ.
"މީ ރައީސް ނަޝީދު. ރައީސް ޞާލީހް ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބެއް އަޅުގަނޑަކަށް އެއްވެސް ގޮތަކަށް ނުވިސްނޭ. ކޮންކަމެއްތޯ ސިއްރު ކުރަން ތިޔަ އުޅުއްވަނީ." ނަޝީދު ވިދާޅުފައިވެއެވެ
މިމޭރުމުން ނަޝީދު ވިދާޅުވެފައި ވަނީ، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވި މައްސަލަ އެމްޑީޕީގެ މެމްބަރުންގެ ވޯޓާ އެކު ރޭ ބޭރުކޮށްލައިފައި ވަނިކޮށެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން މިމައްސަލަ ކުރިޔަށް ނުގެންދަން ހުށަހެޅީ ޖުމްހޫރީ ޕާޓީ ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ރިޔާޒެވެ. އަދި މައްސަލަ ކުރިޔަށް ނުގެންދަން ފާސްވެފައި ވަނީ އެމްޑީޕީގެ ހަތަރު މެންބަރުންގެ ތާއީދާއެކުގައެވެ.
ނަޝީދު ތިއުޅުއްވަނީ ކީއްކުރައްވަންތޯ؟
ސޮމް ތިންގް ސުޓްޕިޑް