ދުނިޔެ ލައިފްސްޓައިލް

ކިޑްނީ ހަދިޔާ ކުރީ އޭނާގެ ކުރީގެ ފިރިމީހާގެ އަނތްބަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއީ އެމެރިކާގައި ހިނގާދިޔަ ވަރަށް އާދަޔާ ޚިލާފު އެހެން ނަމަވެސް ގިނަ ބަޔަކު އެކަމުން އެތައް  ފިލާވަޅުތަކެއް ހާސިލު ކުރުން މުހިންމު ކަމެކެވެ.

Ads by Sosun Fihaara
Ads by Sosun Fihaara

އަންހެނަކު ވަރިވިތާ ދެ އަހަރު ފަހުން ، އޭނާގެ ކިޑްނީ ހަދިޔާ ކުރީ ވަރިކުރި ފިރިމީހާގެ މިހާރުގެ އަނތްބަށެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކިޑްނީ ފެއިލިވި އަންހެންމީހާ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދެވުނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި އޭރު އޭނާ އެނދުމަތި ކުރެވުނު ކަމަށާއި، ޓެސްޓުތަކުގެ ނަތީޖާ އައި ގޮތުން، އުމުރުން 59 އަހަރުގެ އެ އަންހެން މީހާގެ ކިޑްނީ މަސައްކަތް ކުރަމުން އަންނަނީ އެންމެ 8 އިންސައްތަ ކަމަށް ޑޮކްޓަރުން މައުލޫމާތު ދިނެވެ.

އެވަގުތުން ފެށިގެން އޭނަގެ ފިރިމީހާ ކިޑްނީ ޑޯނަރއެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ކިޑްނީ ބަދަލު ކުރަން ޖެހިފައިވާ އަންހެން މީހާގެ އެއްބަނޑު އެއްބަފާ ބޭބެ ވަނީ އަމިއްލައަށް އޭނާގެ ކިޑްނީ ދޭން ނިންމައިފައެވެ. އެހެން ނަމަވެސް އޭނަގެ ކިޑްނީއާއި އަންހެން މީހާގެ ކިޑްނީ ދިމާވާ ގޮތް ނުވުމުން އެކަން ވެެސް ކާމިޔާބު ވާގޮތް ނުވި ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

މިހެން ކަންތައް ދިމާވެފައި ވަނިކޮށް އެ ޚަބަރު ލިބުނީ ފިރިމީހާގެ ކުރީގެ އަނތްބަށެވެ. ޚަބަރު ލިބުމާއެކު އޭނާ ނިންމީ ކިޑްނީ ހަދިޔާކޮށް ފިރިމީހާއަށް އެހީތެރިވެ އޭނާގެ ދިރިއުޅުމުގައި ދިމާވި ދަތިކަމުން އަރައިގަންނާށެވެ. ނަސީބު ކަން ދިމާކުރި ގޮތުން އޭނާގެ ކިޑްނީ ދިމާ ވެސް ވިއެވެ.

މި އަންހެން މީހާ ބޭރުގެ މީޑިއާތަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ މިހާރު އެ ދެ އަންހެނުންނަކީ އެއްބަނޑު އެއްބަފާ ދެބެއިން ހާ ގާތް އެކުވެރި ދެމީހުން ކަމަށެވެ.

މީސްމީޑިއާގެ އެކި މަންސަތަކުގައި މި ވާހަކައަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!