ޚަބަރު

ލަތީފް މީކާއީލަށް: އެމްޑީޕީ ވެރިކަމަށް އައީ 12 މެމްބަރުންގެ ފޮޓޯ ވިއްކައިގެން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

2018އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ވެރިކަމަށް އައީ 12 މެމްބަރުންގެ ފޮޓޯ ވިއްކައިގެން ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން މަޖިލީހަށް ހޮވުނު މީހުން ރައީސް ނަޝީދުގެ ކަރަށް އަރައިފިކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިއަދު ވިދާޅުވެފައި ވަނިކޮށް ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ޖަލުން މިނިވަން ކުރެއްވީ ވެސް 12 އެމްޕީންގެ މަސައްކަތުން ކަމަށާއި އެ އެމްޕީންނަށް މަޖިލިސްގެ ގޮނޑި ދޭނެ ކަމަށް ރައީސް ނަޝީދު ވައުދުވެ ވަޑައިގެންނެވި ކަމަށެވެ.

ރައީސް ނަޝީދަށް މިދިޔަ ހަ ވަނަ ދުވަހުގެ ރޭ ދިން ނިރުބަވެރި ހަމަލައިގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފޫދުއްވައިލި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ދަނީ ވަކިވަކި ސިފައިން ވެސް ކޮމިޓީއަށް ޙާޟިރުކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް ވަކިވަކި ސިފައިން ޙާޟިރު ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީގެ ނައިބު ޒަމީލް ސޮއި ކުރައްވައި ސިޓީއެއް ފޮނުއްވުމުން އޭނާއާ ދެކޮޅަށް ދައުވާ ކުރުމަށް ކޮމިޓީން ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބުވީ އެމްޑީޕީގެ ބައެއް މެމްބަރުންނާ ވެސް އެކުގައެވެ. ރައީސް ނަޝީދުގެ ކަރަށް ފައިން އަރައިފިކަމަށް މީކާއީލް ސިފަ ކުރެއްވީ މިކަމަށެވެ.

މީކާއިލްގެ މިވާހަކަތަކާ ގުޅުވައި ލަތީފް ވިދާޅުވީ 12 މެމްބަރުންނަށް ގޮނޑި ހޯއްދަވައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވުމަށް ފަހު ރައީސް ނަޝީދު ކަންތައް ކުރެއްވި ގޮތް ވެސް މިވަގުތު ހަނދާން ކޮށްލެއްވުން ރަނގަޅު ކަމަށެވެ.

ލަތީފް އިޝާރާތް ކުރައްވައިފައިވާ 12 މެމްބަރުންނަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙްގެ އިތުބާރު ނެތްކަމަށް ޕީޕީއެމްއިން ސޮއި ކުރި 12 މެމްބަރުންނެވެ. އެ މައްސަލައާ ގުޅިގެން އުފެދިގެން ދިޔަ ބޮޑު ހައިޖާނުގައި އެ 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނަށް ޖަލަށް ލާފައި ވެސް ވެއެވެ. މި 12 މެމްބަރުން ވެގެން ދިޔައީ ކުރީގެ ވެރިކަން ބަދަލު ކުރުމަށް ބުރަ މަސައްކަތެއް ކުރި މީހުންނަށެވެ. އެ ސަބަބަށް ޓަކައި އެ 12 މެމްބަރުންނަށް ރަނގަޅު ފުރުސަތެއް ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާކަން އެކި ފަހަރުގެ މަތީން "ދެން"އާ ވާހަކަ ދެއްކެވި އެ 12 މެމްބަރުންގެ ތެރޭ ހިމެނޭ ބައެއް މެމްބަރުން ވިދާޅުވެފައި ވެއެވެ. އެ ގޮތުން "12 މެމްބަރުންނަށް ލަނޑުދީފި ނަމަ ތިމަންގެ މަންމައާއި ދަރީން ވެސް ތިމަންނައަށް މަލާމާތްކޮށް ފުރައްސާރަ ކުރާނެ ކަމަށާއި އެ މެމްބަރުންނަށް ލަނޑުދިނުމުން މިވަގުތު ފައިދާއެއް ވި ނަމަވެސް އާޚިރުގައި ލިބޭނީ ބޮޑު ގެއްލުމެއް"ކަމަށް އެމްޑީޕީގެ ޗެއަރޕަރސަންއާއި ނައިބު ރައީސްގެ އިތުރުން ސެކްރެޓަރީ ޖެނެރަލްއާ އެކު 12 މެމްބަރުން ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް އޭގެ ތެރޭ ހިމެނޭ މެމްބަރަކު ވިދާޅުވިއެވެ.

Ads by HDC
  1. ބިންގޯ

    މީކާެއިލް އިދެބަލަ ނަސީދު ގެ ޖަގިޔާ ލައިގެން

  2. ހަސަން ފުތާ

    މީ ކާކުގެދަރިއެއްތަ